މިހާތަނަށް ބަޔޯމެޓްރިކް ޑާޓާ އަޕްޑޭޓު ކޮށްފައިނުވާ ފަރާތްތަކަށް އެކަން ކުރުމަށް ހޯމް މިނިސްޓްރީން އެންމެ ފަހު ފުރުސަތު ދީފިއެވެ.
މިނިސްޓްރީން ބުނީ އެކްސްޕެޓް ސިސްޓަމްގައި ރަޖިސްޓްރީކޮށްފައިވާ ވަޒީފާދޭ ބައެއް ފަރާތްތަކުގެ ނަންމަތީގައި ރާއްޖެ ގެނެސްފައިވާ ބައެއް ބިދޭސީ މަސައްކަތްތެރިންގެ ބައޯމެޓްރިކް ޑޭޓާ އަޕްޑޭޓްކޮށް އަދާހަމަކޮށްފައި ނުވާކަން ފާހަގަ ވެފައިވާ ކަމަށެވެ.
އެހެންކަމުން މިމަހުގެ 30 ވަނަ ދުވަހުގެ ކުރިން ބައޯމެޓްރިކް ޑޭޓާ އަޕްޑޭޓް ނުކުރާ ބިދޭސީން އެ ޑޭޓާ އަޕްޑޭޓްކޮށް ނިންމުމަށް އެ މިނިސްޓްރީން ވަނީ އެދިފައެވެ.
މި މުއްދަތުގައި އެކަށީގެންވާ ސަބަބެއްނެތި ބައޯމެޓްރިކް ޑޭޓާ އަޕްޑޭޓް ކޮށްފައިނުވާ ބިދޭސީންނަށް އަންނަ ޖުލައި މަހުގެ އެއް ވަނަ ދުވަހުން ފެށިގެން ފިޔަވަޅު އަޅާނެ ކަމަށް މިނިސްޓްރީން ވަނީ ބުނެފައެވެ.
އެގޮތުން އަޅަން ނިންމާފައިވާ ފިޔަވަޅުތަކުގެ ތެރޭގައި އެ ބިދޭސީއަކު ވަޒީފާގައި ގެންގުޅޭ ފަރާތަށް އެކްސްޕެޓް ސިސްޓަމުން ދެމުން ގެންދާ ހުރިހާ ޚިދުމަތްތަކެއް މެދުކަނޑާލުމާއި، އެކްޓިވް ވޯކް ޕާމިޓެއްގައި ހަތަރު މަހަށް ވުރެ ގިނަ ދުވަހަށް ރާއްޖެއިން ގޮސްފައިވާ ބިދޭސީއެއްނަމަ އެ ބިދޭސީއަކަށް ދޫކޮށްފައިވާ ވޯކް ޕާމިޓް އެކްސްޕެޓް ސިސްޓަމް ރިކޯޑްތަކަށް ބެލުމަށްފަހު ބާތިލުކުރުމާއި، ގާނޫނާ ގަވާއިދުގެ ތެރެއިން ވަޒީފާދޭ ފަރާތެއް ހުރި ބިދޭސީއެއްނަމަ ބައޯމެޓްރިކްސް އަޕްޑޭޓްކުރުމަށްފަހު ރެގިއުލަރައިޒް ކުރުމުގެ ފުރުސަތު ދިނުން ހިމެނެއެވެ.
އަދި ގާނޫނާ ޚިލާފަށް މަސައްކަތްކުރާ ބިދޭސީއެއްނަމަ އެ ބިދޭސީއަކު ޑީޕޯޓްކޮށް ވޯކް ޕާމިޓް ބާތިލުކުރުމާއި، ރާއްޖެއިން ފުރައިގެން ގޮސްފައިވާ ބިދޭސީއެއްނަމަ އެ ބިދޭސީއަކަށް ދޫކޮށްފައިވާ ވޯކް ޕާމިޓް ސިސްޓަމް ރެކޯޑްތައް ބެލުމަށްފަހު ބާތިލުކުރުމާއި، ބައޯމެޓްރިކްސް އަޕްޑޭޓް ކުރުމަށްފަހު އެކްޓިވް ވޯކް ޕާމިޓެއްގައި އެއް އަހަރު ދުވަހުގެ މުއްދަތަކަށްވުރެ ދިގު މުއްދަތަކަށް ރާއްޖެއިން ބޭރުގައި ހުރި ބިދޭސީއެއްނަމަ، އެ ބިދޭސީއަކަށް ދޫކޮށްފައިވާ ވޯކް ޕާމިޓް ސިސްޓަމް ރެކޯޑްތައް ބެލުމަށްފަހު ބާތިލުކުރާނެ ކަމަށް މިނިސްޓްރީން ބުނެފައި ވެއެވެ.
މީގެ އިތުރުން ބައޯމެޓްރިކްސް އަޕްޑޭޓް ކޮށްފައިވާ ބިދޭސީންގެ ތެރެއިން އެކްޓިވް ނޫން ވަރކް ޕަރމިޓެއްގައި ހުރި ބިދޭސީއަކަށް ވަޒީފާދޭނެ ފަރާތެއް ހުރެއްޖެނަމަ އެ ފަރާތަކަށް ރެގިއުލަރައިޒް ވުމުގެ ފުރުޞަތު ދިނުމުގެ އިތުރުން، ބައޯމެޓްރިކްސް އަޕްޑޭޓް ކޮށްފައިވާ ބިދޭސީންގެ ތެރެއިން އެކްޓިވް ނޫން ވޯކް ޕާމިޓެއްގައި ރާއްޖެއިން ފުރައިގެން ގޮސް ހަތަރު މަހަށް ވުރެ ގިނަ ދުވަސް ވެއްޖެނަމަ ސިސްޓަމް ރެކޯޑްތައް ބެލުމަށް ވޯކް ޕާމިޓް ބާތިލުކުރުން ހިމެނޭ ކަމަށްވެސް މިނިސްޓްރީން ހާމަ ކޮށްފައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު