އީރާނާ ދެކޮޅަށް ކުރާ ހަނގުރާމައަކީ މުޅި ދުނިޔެއަށް ގެނެވޭނެ ހެޔޮ ބަދަލެއްކަމަށް އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ވިދާޅުވެއްޖެއެވެ.
އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ މިހެން ވިދާޅުވެފައިވާއިރު، އީރާނާ ދެކޮޅަށް އިސްރާއީލުން ހަމަލާ ދޭން ފެށިތާ މިހާރު ހަފްތާއެއްހާ ދުވަސްވެއްޖެއެވެ. ނަތަންޔާހޫ ވިދާޅުވީ އީރާނުގެ އަސްކަރީ އަދި ނިއުކްލިއަރ ހަތިޔާރު އުފައްދާ އަދި ރައްކާކުރާ ސަރަހައްދުތަކަށް އަމާޒުކޮށް ފެށި އިސްރާއީލުގެ އަސްކަރީ ކެމްޕޭނުގެ ތެރެއިން، ދުނިޔެ އަށް ބޭނުންވާ މުހިންމު ބަދަލެއް ގެނެސްދެވޭނެކަމަށެވެ.
ބުރާސްފަތި ދުވަހު އިސްރާއީލުގެ ޕަބްލިކް ބްރޯޑްކާސްޓަރ އަށް ދިން އިންޓަވިއުއެއްގައި ނަތަންޔާހޫ ވިދާޅުވީ އިސްރާއީލުގެ ސިފައިން މިހާރު ވެސް އީރާނުގެ މިސައިލް ލޯންޗުކުރާ ހަތިޔާރުތަކުގެ ދެބައިކުޅަ އެއްބަޔަށް ވުރެއް ބޮޑުބައެއް ނައްތާލާފައިވާ ކަމަށާއި އީރާނުގެ ހުރިހާ ނިއުކްލިއާ ފެސިލިޓީތަކަށް ހަމަލާދީ އެތަންތަން ފުނޑުފުނޑުކޮށްލުމުގެ ގާބިލްކަން އިސްރާއީލަށް ލިބިފައިވާ ކަމަށެވެ.
ނަތަންޔާހޫ ވަނީ އީރާނާ ދެކޮޅަށް ކުރިއަށްދާ އިސްރާއީލުގެ އަސްކަރީ ކެމްޕޭނުގެ ޓައިމްލައިނެއް ދިނުމަށް ދެކޮޅު ހައްދަވައި، ފުރަތަމަ ހަމަލާ ދިނީ ޝެޑިއުލްގެ ކުރިން ކަމަށްވެސް ފާހަގަކުރައްވާފަ އެވެ.
"އަހަރެމެން މިތިބީ ހަނގުރާމައިގައި. އަހަރެމެންގެ ޓައިމްލައިން ހާމަކުރާކަށް ނޫޅެން،" ނަތަންޔާހޫ ވިދާޅުވި އެވެ. "ހަނގުރާމައަކަށް ކުރިމަތިލާއިރު، އެ ހަނގުރާމަ ފެށެނީ ކޮން އިރަކުކަން އެނގުނަސް ނިމޭނެ ވަގުތެއް ނޭނގޭނެ.
މީގެއިތުރުން އީރާނުގެ ނިއުކްލިއާ ގާބިލްކަމާ ގުޅިގެން ޓެންޝަންތައް އިތުރުވަމުންދާއިރު، އިސްރާއީލުން އަޅަމުންދާ ފިޔަވަޅުތަކަށް ފޯރުކޮށްދެވެން ހުރި "ހުރިހާ އެހީތެރިކަމަކަށް މަރުހަބާ" ކިޔާކަމަށް ވިދާޅުވެ ނަތަންޔާހޫ ވަނީ ބައިނަލްއަގްވާމީ ގޮތުން އެހީތެރިކަމާއި، ތާއީދަށް އެދި ގޮވާލާފައެވެ.

ކިޔުންތެރިންގެ ހިޔާލު