މިިދިޔަ ބުދަ ދުވަހުގެ ރޭ އއ. ތޮއްޑޫގައި ހިނގި ނުރައްކާތެރި އެކްސިޑެންޓުގައި އަނިޔާވި ތުއްތު ކުއްޖާ ހޮސްޕިޓަލުން ދޫކޮށްލައިފި އެވެ.
ބާރު ސްޕީޑުގައި ދިޔަ ސައިކަލަކުން ޖެހި އެއް އަހަރުގެ އެ ކުއްޖާ ވިއްސައިގެން ގޮސް ހޭނުތުނު ހާދިސާއާ ގުޅިގެން އިތުރު ފަރުވާއަށް ހަމަ އެ ދުވަހު މާލެ ގެނެސް ފަރުވާ ދެމުން ދިޔައީ އައިޖީއެމްއެޗުގަ އެވެ.
އައިޖީއެމްއެޗުގެ މީޑިއާ އޮފިޝަލު ވިދާޅުވީ ކުއްޖާ އޮތީ ފަހުން ވޯޑަށް ބަދަލުކޮށްފައި ކަމަށާއި ރޭ ހޮސްޕިޓަލުން ދޫކޮށްލައިފައިވާ ކަމަށެވެ.
ކުއްޖާއަށް ލިބުނު ގެއްލުމުގެ ތަފްސީލެއް ނުލިބެ އެވެ.
ފުލުހުން ބުނިގޮތުގައި ބާރު ސްޕީޑުގައި ދުއްވާފައި ދިޔަ ސައިކަލު ޓޯކޮށް، އެމައްސަލަ މިހާރު ގެންދަނީ ތަހުގީގު ކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު