ދެމެހެއްޓެނިވި ތަރައްޤީ ކަށަވަރު ކުރުމަށްޓަކައި އަވަށްޓެރި ގައުމުތަކާއެކު މަސައްކަތް ކުރަން ޖެހޭ ކަމަށް ރައްޔިތުން މަޖިލީހުގެ ނައިބު ރައީސް އަހުމަދު ނާޒިމް ވިދާޅުވެއްޖެއެވެ.
ނާޒިމް މިފަދައިން ވިދާޅުވީ 6 ވަނަ ޗައިނާ-ސައުތު އޭޝިއާ ކޯޕަރޭޝަން ފޯރަމްގައި ރާއްޖެ ތަމްސީލުކުރައްވައި ތަގުރީރު ކުރައްވަމުންނެވެ.
"ޖޮއިން ހޭންޑްސް ފޯރ އޯޕަން އެންޑް އިންކްލޫސިވް ޑިވެލޮޕްމަންޓް" ގެ ޝިޢާރުގެ ދަށުން ބާއްވާ މި ފޯރަމްގައި ނާޒިމް ވަނީ ސަރަޙައްދީ ތަރައްޤީއަށްޓަކައި މުހިންމު 5 ނުކުތާއެއް ފާހަގަކުރައްވާފައެވެ.
އޭގެތެރޭގައި، ދަތުރުފަތުރާއި މުވާސަލާތުގެ ގުޅުމާއި، ފެހި އިޤްތިޞާދީ ތަރައްޤީއާއި، ބަދަހި އިޤްތިޞާދީ ގުޅުމާއި، އިންސާނީ ތަރައްޤީއާއި އަދި ރައްޔިތުންގެ ފެންވަރުގައި ގުޅުން ބަދަހިކުރުން ހިމެނެއެވެ.
ނާޒިމް ވިދާޅުވީ ކުދި ޖަޒީރާ ޤައުމެއްގެ ހައިސިއްޔަތުން، ރާއްޖެއަކީ ދެމެހެއްޓެނިވި ތަރައްޤީއާއި އިޤްތިޞާދީ ގޮންޖެހުންތަކާ ކުރިމަތިލުމަށްޓަކައި މަސައްކަތް ކުރާ ގައުމެއް ކަމަށެވެ. އަދި ހުޅުވާލެވިފައިވާ، ހުރިހާ ފަރާތްތައް ޝާމިލުވާ، ދެމެހެއްޓެނިވި ތަރައްޤީއެއް ކަށަވަރުކުރުމަށްޓަކައި ޗައިނާއާއި އެހެނިހެން އަވަށްޓެރި ޤައުމުތަކާއެކު މަސައްކަތްކުރަންޖެހޭ ކަމަށް ރާއްޖެއިން ދެކޭ ކަމަށްވެސް ފާހަގަ ކުރެއްވިއެވެ.
މި ތަގުރީރުގައި ނާޒިމް ވަނީ ޗައިނާގެ ތަރައްޤީގެ ކާމިޔާބީތައް ފާހަގަކުރައްވާފައެވެ. އަދި ޗައިނާއިން ގެނެސްފައިވާ އިޤްތިޞާދީ އިޞްލާޙުތަކާއި ޢުމްރާނީ ތަރައްޤީއާއި އީޖާދީ ދާއިރާގެ އިންވެސްޓްމެންޓްތަކަކީ ކޮންމެ ޤައުމަކަށްވެސް އެޤައުމެއްގެ ޚާއްޞަ ޙާލަތަށް ބައްޓަން ކުރެވިދާނެ ނަމޫނާއެއްކަމަށް ނާޒިމް ވިދާޅުވިއެވެ.
މީގެ އިތުރުން ނާޒިމް ވިދާޅުވީ ތަރައްޤީއަކީ، ސްޓްރެޓެޖީއެއް ނޫންކަމަށާއި، އެއީ ޤައުމަށްޓަކައި ވެވޭ ވަޢުދެއްކަމަށެވެ. އަދި މި ވައުދާއެކު ކުރިއަށް އަޅާ ކޮންމެ ފިޔަވަޅެއްގައިވެސް އެއްވެސް ފުރުޞަތަކުން އެއްވެސް ފަރާތެއް އެކަހެރި ނުކުރެވޭނެ ޝާމިލު މަސައްކަތްތަކެއްކަން ޔަގީންކުރައްވަން ޖެހޭ ކަމަށްވެސް ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު