އަރިދަފުސް ރޯގާއަކީ އަޅުގަނޑުމެންގެ ތެރޭގައި އެންމެ އާންމު އެއް ބައްޔެވެ. މި ބައްޔަކީ އުމުރުފުރައެއް ނުވަތަ ޖިންސެއް ބެލުމެއްނެތި، ކޮންމެ މީހަކަށްވެސް ޖެހިދާނެ ބައްޔެކެވެ. ރޯގާ ޖެހުމުން ހުން އައުމާއި، ކެއްސުމާއި، ނޭފަތުން ފެން އައުމާއި، ކަރުގައި ރިހުން ފަދަ އުނދަގޫތައް ކުރިމަތިވެ، ދުވަހުގެ މަސައްކަތްތަކަށް ވަރަށް ބޮޑަށް ބުރޫ އަރައެވެ. މިކަމުގެ ސަބަބުން އޮފީހަށް ނުދެވި ކިޔެވުމަށް ދަތިވާ ފަހަރުވެސް އާދެއެވެ. މިކަން މިހެން ވެއްޖެނަމަ، މި ބައްޔަށް ގޭގައި ފަރުވާ ހޯދިދާނެއެވެ.
ރޯގާ ޖެހުމުން ހަށިގަނޑު ހައިޑްރޭޓްކޮށްފައި ބެހެއްޓުމަކީ މުހިންމު ކަމެކެވެ. އެގޮތުން، ގިނަގިނައިން ފެން ބުއިން މުހިންމެވެ. ހޫނު ފެން ބުއިމަކީ ކަރުގައި ހުންނަ އުނދަގޫތަކަށް ވަރަށް ރަނގަޅު ފަރުވާއެކެވެ. އަދި ނޭފަތް ބެދިފައިވާނަމަ ހޫނުފެނުން އާވި އެރުވުމަކީވެސް ވަރަށް ރަނގަޅު ކަމެކެވެ.
ލުނބޮއާއި މާމުއި ހޫނުފެނަށް ގިރައިގެން ބުއިމަކީވެސް ރޯގާ ފަސޭހަކޮށްދޭ ކަމެކެވެ. ލުނބޯގައި ގިނަ އަދަދަކަށް ވިޓަމިން ސީ ހިމެނެއެވެ. މިއީ ހަށިގަނޑުގެ ދިފާޢީ ބާރު ގަދަކުރުމަށް އެހީތެރިވެދޭ މާއްދާއެކެވެ. އަދި މާމުއިގައި ހިމެނޭ އެންޓިބެކްޓީރިއަލް ސިފަތަކުގެ ސަބަބުން ކަރުގައި ރިހުން ކުޑަކޮށް، ކެއްސުން މަޑުކޮށްލުމަށް އެހީވެދެއެވެ.
މީގެ އިތުރުން އިނގުރު ސަޔަކީވެސް އަރިދަފުސް ރޯގާ ފަސޭހަކޮށްދޭ ބުއިމެކެވެ. އިނގުރުގައި އެންޓި-އިންފްލެމޭޓަރީ ސިފަތައް ހިމެނޭތީ، ނޭފަތް ބެދިފައި ހުރުމާއި، ކަރުގައި ރިހުން ކުޑަކޮށްލުމަށް އެހީވެދެއެވެ. އަދި، ހޮޑުލެވޭހެން ހީވާނަމަ ނުވަތަ ބަނޑަށް އުނދަގޫވާނަމަވެސް އިނގުރު މުހިންމު ދައުރެއް އަދާކުރެއެވެ.
މިފަދަ ގޭތެރޭގެ ފަރުވާތަކުގެ އިތުރުން، ރޯގާ ޖެހިފައި ހުންނައިރު ހަށިގަނޑަށް ފުދޭވަރަށް އަރާމު ދިނުމަކީވެސް މުހިންމު ކަމެކެވެ. އަދި، ހަށިގަނޑަށް ބޭނުންވާ މާއްދާތައް ލިބޭނެގޮތަށް ކާނާ ބޭނުންކުރުމަކީވެސް އަވަހަށް ރަނގަޅުވުމަށް އެހީތެރިވެދޭނެ ކަމެކެވެ.

ކިޔުންތެރިންގެ ހިޔާލު