ޙައްޖާއި ޢުމްރާގެ މައުލޫމާތު ފޯރުކޮށްދިނުމަށް އިސްލާމިކް މިނިސްޓްރީން "ޙާޖީ އެމްވީ" ގެ ނަމުގައި ހާއްސަ އެޕްލިކޭޝަނެއް ތަޢާރަފް ކޮށްފިއެވެ.
މިނިސްޓްރީން މިއަދު ބުނީ މި އެޕުގައި ޒިކުރުކުރުމާއި ޠަވާފާއި ސަޢުޔުގެ އަދަދު ކަށަވަރު ކުރާނެގޮތާއި ޤުރުއާނާއި ސުންނަތުން ސާބިތުވާ ދުޢާތަކާއި ޙައްޖާއި ޢުމްރާއާ ގުޅޭ މައުލޫމާތު ހިމެނޭ ވީޑިއޯތައް ހިމެނޭ ކަމަށެވެ. އަދި މައްކާއާއި މަދީނާގެ އިސްލާމީ ތާރީޚާ ބެހޭ ވީޑިއޯ ވެސް މި އެޕު މެދުވެރިކޮށް ބެލެން ހުންނާނެ ކަމަށް މިނިސްޓްރީން ބުނެފައި ވެއެވެ.
މިނިސްޓްރީން ބުނީ މިއަދު ތައާރަފްކޮށްފައިވަނީ "ޙާޖީ އެމްވީ" ގެ ފުރަތަމަ ވާޝަން ކަމަށާއި، އަދި ކުރިއަށް އޮތް ތަނުގައި މި އެޕް އިތުރަށް ތަރައްޤީކުރެވިގެން ދާނެ ކަމަށެވެ.
މި އެޕަކީ ޙައްޖާއި ޢުމްރާގެ އަޅުކަން އަދާކުރުމަށް ފަސޭހަކޮށްދިނުމުގެ ބޭނުމުގައި އުފެއްދި އެޕެއް ކަމަށް މިނިސްޓްރީން ވަނީ ބުނެފައެވެ.
https://play.google.com/store/apps/details?id=com.islamicaffairsmv.haajimv&hl=en_US
މިނިސްޓްރީން އިތުރަށް ބުނީ މި އެޕްލިކޭޝަންގައި ހިމެނޭ ހުރިހާ މައުލޫމާތަކީ އިސްލާމިކް މިނިސްޓްރީން ފާސްކޮށްފައިވާ މައުލޫމާތު ކަމަށެވެ. އަދި މި އެޕްގެ ސަބަބުން ދުއާފޮތްތަކާއި ހައްޖާއި އުމްރާއާއި ބެހޭ ފޮތްތަކާ ނުލައި، ހަމައެކަނި ފޯނު ބޭނުން ކޮށްގެން ޙައްޖާއި ޢުމްރާއާ ގުޅޭ މައުލޫމާތު ޙާސިލްކުރެވޭނެ ކަމަށް މިނިސްޓްރީން ބުނެފައި ވެއެެވެ.

ކިޔުންތެރިންގެ ހިޔާލު