ރ. މީދޫ ފެންފިޔާޒުގޭ މުޙައްމަދު އަނަސް މަރާލި މައްސަލާގައި ދަޢުލަތުން ދައުވާ ކޮށްފައިވާ މީހުން ބަންދު ނުކުރަން ހައި ކޯޓުން ދެވަނަ ފަހަރަށް ނިންމި ނިންމުން ބާތިލްކޮށް، އެ އެންމެން ބަންދުކުރަން ސުޕްރީމް ކޯޓުން އަމުރު ކޮށްފިއެވެ.
2017 ވަނަ އަހަރުގެ ޖުލައި މަހުގެ 31ވަނަ ދުވަހުގެރޭ، ލިޓަސް ސާވިސް ސެންޓަރު ތެރޭގައި ގައިގެ އެތަން މިތަނަށް ވަޅިހަރާ ރަޙުމް ކުޑަ ގޮތަކަށް މަރާލި ރ. މީދޫ ފެންފިޔާޒުގޭ މުޙައްމަދު އަނަސްގެ މަރުގެ މައްސަލާގައި ހަތް މީހެއްގެ މައްޗަށް ދައުލަތުން ދައުވާ އުފުލިއެވެ.
އެގޮތުން މި މައްސަލައިގައި ދަޢުލަތުން ދައުވާކޮށްފައި ވަނީ ލ. ގަން، ތުނޑި، ނަންނާރިގެ ޖުނައިދު އަބްދުﷲ އާއި، ސ. ފޭދޫ ވެސްޓަންވިލާ ހަސަން މަހްފޫޒާއި، ދަފްތަރު ނަމްބަރު 1746 ސިމާހު މޫސާ އާއި، ޅ. ކުރެންދޫ އަސުރުމާގެ އަހުމަދު ޒަޔާނާއި، މ. ދިމިޝްގު، އުޘްމާން ޝަރީފާއި، މ. ލޮނުމިދިލިގެ އަފްރާހު އަބްދުއްރައްޒާޤާއި، ތ. ކިނބިދޫ ގުލްފާމްގެ މުހައްމަދު ޝާޒްގެ މައްޗަށެވެ.
މި މީހުންގެ ތެރެއިން، މުހައްމަދު ޝާޒާއި، ޖުނައިދު އަބްދުﷲ އާއި، ހަސަން މަހްފޫޒާއި، ސިމާހު މޫސާގެ މައްޗަށް ކޮށްފައި ވަނީ ތޫނު އެއްޗެއް ބޭނުންކޮށްގެން ގަސްދުގައި މީހަކު މެރުމުގައި ބައިވެރިވުމުގެ ދައުވާ އެވެ. އަހުމަދު ޒަޔާނާއި، އަފްރާހު އަބްދުއްރައްޒާގާއި، އުސްމާން ޝަރީފުގެ މައްޗަށް ކޮށްފައި ވަނީ ތޫނު އެއްޗެއް ބޭނުންކޮށްގެން ގަސްދުގައި މީހަކު މެރުމުގެ ދައުވާއެވެ.
ކްރިމިނަލް ކޯޓުން މިދިޔަ އަހަރުގެ ފެބްރުއަރީ މަހު ނިންމީ އެ މީހުންގެ މައްޗަށް ކުށް ސާބިތު ނުވާ ކަމަށެވެ. އެ މައްސަލަ ދައުލަތުގެ ފަރާތުން ހައި ކޯޓުގައި އިސްތިއުނާފްކޮށް، އެ ހަތް މީހުން ވެސް ޝަރީއަތް ނިމެންދެން ބަންދު ކުރަން އެދުނު ނަމަވެސް ހައި ކޯޓުން ކުރިން ނިންމާފައިވަނީ އެ މީހުން ޝަރީއަތް ނިމެންދެން ބަންދުކުރަންޖެހޭ ހާލަތެއް ނެތް ކަމަށެވެ. އެހެންވެ، ދައުލަތުން އެ މައްސަލަ ސުޕްރީމް ކޯޓަށް ހުށަހެޅިއެވެ.
ސުޕްރީމް ކޯޓުން ފުރަތަމަ ނިންމީ އެ މީހުން ބަންދު ނުކުރަން ހައި ކޯޓުން ނިންމީ ގާނޫނުން ބޭރު ސަބަބުތަކެއް ދެއްކުމަށް ފަހު ކަމަށެވެ. އެހެންވެ، އެ މައްސަލާގައި ހައި ކޯޓުން އަލުން ގޮތެއް ކަނޑައަޅަން ސުޕްރީމް ކޯޓުން އެންގިއެވެ.
ނަމަވެސް މިދިޔަ މަހު ހައި ކޯޓުން ނިންމީ އެ މީހުން އެ ކުށް ކުރި ކަމަށް ތުހުމަތު ކުރެވޭ މިންވަރުގެ ހެއްކެއް ހުރިކަމުގެ ތަފްސީލެއް ދައުލަތުން ހުށަހަޅާފައިނުވާ ކަމަށެވެ. އެހެންކަމުން ހައި ކޯޓުން އަނެއްކާވެސް ނިންމީ އެ މީހުން ޝަރީއަތް ނިމެންދެން ބަންދުކުރާނެ ތަނެއް ނެތް ކަމަށެވެ.
އެހެންވެ، ދައުލަތުން ވަނީ ހައި ކޯޓުގެ އެ ނިންމުން އަނެއްކާވެސް ސުޕްރީމް ކޯޓާ ހަމައަށް ގެންގޮސްފަ އެވެ. ސުޕްރިމް ކޯޓުން މި މައްސަލަ ބެއްލެވި ބެންޗުގެ ރިޔާސަތުގައި އިންނެވި ފަނޑިޔާރު އައިޝާ ޝުޖޫން ވަނީ ހައި ކޯޓުގެ ނިންމުމަށް ތާއިދު ކުރައްވާފައެވެ.
ފަނޑިޔާރު ޝުޖޫން ވިދާޅުވީ ދަށު ކޯޓުން އެ ހަތް މީހުންގެ މައްޗަށް ސާބިތުނުވީ ހުށަހެޅި ހެކިތަކުގެ މައްޗަށް ބަލާއިރު އެ މީހުން ކުށްކުރި ކަން ސާބިތު ނުވާތީ އެ ސަބަބުގެ މައްޗަށް ކަމަށެވެ. އަދި ކުށުގެ އަމަލު ހިންގި މީހުންނަކީ ކޮބައިކަމެއް އެ މައްސަލައިގެ ތެރެއިން ކަށަވަރުވެފައިނުވާ ކަމަށް ފަނޑިޔާރު ޝުޖޫން ވިދާޅުވިއެވެ. އަދި އެ ހުކުމް ހައި ކޯޓުގައި އިސްތިއުނާފް ކޮށްފައިވީ ނަމަވެސް، އެ މީހުންނަކީ ކުށްކުރި މީހުންކަން އެނގެން ނެތް ކަމަށް ފަނޑިޔާރު ޝުޖޫން ވިދާޅުވި އެވެ. އެހެންވެ، އެ މީހުން ބަންދު ކުރުމަކީ ކުރެވިދާނެ ކަމެއް ނޫން ކަމަށް ފަނޑިޔާރު ޝުޖޫން ވިދާޅުވިއެވެ.
ސުޕްރީމް ކޯޓުން އެ މައްސަލަ ބެއްލެވި ބެންޗުގައި ހިމެނިވަޑައިގަތް ފަނޑިޔާރު އަލީ ރަޝީދުގެ ރައުޔުގައި ވިދާޅުވީ ދައުވާލިބޭ މީހުންނަކީ ކުށުގެ ރެކޯޑް އޮތް ބައެއް ކަމަށާއި އެމީހުންގެ މައްޗަށް ކުރެވެނީ މުޖުތަމައުއެއްގައި ހިނގާނެ އެންމެ ބޮޑު ކުށުގެ ތުހުމަތު ކަމަށެވެ. އަދި އެ މީހުންގެ މައްޗަށް ކުށް ސާބިތުކުރަން ހުށަހެޅި ހެކިތަކަކުން ތުހުމަތުތަކަށް ބާރު ލިބޭ ކަމަށް ވެސް ފަނޑިޔާރު ވިދާޅުވިއެވެ.
އެމީހުންގެ މައްޗަށް އެކަށީގެންވާ ހެކި ހުރި ހާލަތުގައި ބަންދުން ދޫކޮށްލައިފިނަމަ، އާންމުންގެ ހިތްތަކުގައި ބިރުވެރިކަން އުފެދި އަދި އެމީހުންގެ ފަރާތުން މުޖުތަމައުގެ ސަލާމަތަށް ނުރައްކާވެދާނެ ކަމަށް ބުރަވެވޭ ކަމަށްވެސް ފަނޑިޔާރު ވިދާޅުވިއެވެ.
ފަނޑިޔާރު އަލީ ރަޝީދުގެ އެ ރައުޔަށް ފަނޑިޔާރު ޑރ. އިބްރާހިމް މުހައްމަދު ތާއިދު ކުރެއްވިއެވެ.
އެހެންވެ އެ ދެ ފަނޑިޔާރުންގެ އަޣުލަބިއްޔަތުން ނިންމެވީ ހައި ކޯޓުގެ ނިންމުން ބާތިލްކޮށް، ދައުވާލިބޭ މީހުން ޝަރީއަތް ނިމެންދެން ބަންދުކުރުމާ މެދު ހައި ކޯޓުން އިތުރަށް ގޮތެއް ކަނޑައަޅަންދެން ރިމާންޑް ޖަލެއްގައި އެ މީހުން ބަންދު ކުރުމަށެވެ.

ކިޔުންތެރިންގެ ހިޔާލު