އީރާންގެ ފޯޑޯ ނިއުކްލިއަރ ފެސިލިޓީއަށް އަނެއްކާވެސް ހަމަލާއެއް އަމާޒުވެފައިވާ ކަމަށާއި، މިފަހަރު އެ ހަމަލާ ދީފައިވަނީ އިޒްރޭލުން ކަމަށް މީޑިއާތަކުން ރިޕޯޓު ކޮށްފިއެވެ.
މި ސައިޓަކީ ފަރުބަދައެއްގެ ތެރޭގައި ހަދާފައިވާ ފެސިލިޓީއަކަށްވީއިރު، މި ފެސިލިޓީއަށް އެމެރިކާއިންވެސް ވަނީ ވަރުގަދަ ހަމަލާތަކެއް ދީފައެވެ.
މި ފެސިލިޓީއަށް އަނެއްކާވެސް ބޮމުގެ ހަމަލާ ދީފައިވާކަން އީރާނުގެ ޤޮމް ޕްރޮވިންސްގެ ކްރައިސިސް މެނޭޖްމަންޓް ހެޑްކުއާޓަރޒްގެ ތަރުޖަމާނަކު ވަނީ މީޑިއާތަކަށް ޔަގީން ކޮށްދީފައެވެ.
މިކަން އިޒްރޭލުގެ މީޑިއާތަކުންވެސް ވަނީ ރިޕޯޓު ކޮށްފައެވެ. އެގޮތުން އިޒްރޭލުގެ މީޑިއާތަކުން ރިޕޯޓުކޮށްފައިވަނީ އެ ޤައުމުގެ ސިފައިން ނިއުކްލިއަރ ފެސިލިޓީއަށް ވަދެނިކުމެވާ މަގަކަށް ހަމަލާދީފައިވާ ކަމަށެވެ.
އެ ފެސިލިޓީގައި ހުރީ ވަރަށް ހައްސާސް ސެންޓްރިފިއުޖުތަކެއް ކަމުން އިއްޔެ އެމެރިކާއިން ދިން ހަމަލާގެ ސަބަބުން އެތަނަށް ވަރަށް ބޮޑު ގެއްލުމެއް ލިބިފައިވާ ކަމަށް ލަފާ ކުރެވޭ ކަމަށް އައިއޭއީއޭ އާ ހަވާލާދީ މީޑިއާތަކުން ވަނީ ރިޕޯޓު ކޮށްފައެވެ.
އެހެންނަމަވެސް ބިމުގެ އަޑިން ލިބިފައިވާ ގެއްލުމެއް އަދި އެއްވެސް ބަޔަކަށް ނޭނގޭ ކަމަށް އެ ރިޕޯޓުގައި ވެއެވެ.
އެމެރިކާއާއި އިޒްރޭލުން މި ހަމަލާތައް ދީފައިވަނީ އީރާންގައި ނިއުކްލިއަރ ހަތިޔާރު އުފައްދާ ކަމަށް ބުނެއެވެ. އެހެންނަމަވެސް އީރާނުން ވަނީ މިކަން ތަކުރާރުކޮށް ދޮގުކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު