ކައުންސިލަރުންގެ އަދަދު މަދުކުރުމާ ގުޅޭ ގޮތުން މަޖިލީހުގެ މެންބަރުން ދެކިވަޑައިގަންނަވާ ގޮތް ބެލުމަށްޓަކައި ވެރިކަންކުރާ ޕީއެންސީގެ ފަރާތުން ހުށަހެޅި ގަރާރަށް އާންމުންގެ ހިޔާލު ހޯދަން ހުޅުވާލައިފިއެވެ.
މަޖިލީހުން މިއަދު ކުރި އިއުލާނެއްގައި ބުނީ މި ފުރުސަތު ހުޅުވާލާފައި ވަނީ އަންނަ މަހު 8ގެ މެންދުރު 12ގެ ނިޔަލަށް ކަމަށެވެ. އެހެންކަމުން މި ގަރާރަށް ހިޔާލު ހުށަހަޅަން ބޭނުންފުޅުވާނަމަ، މަޖިލީހުގެ އިދާރާއަށް ލިޔުމުން ނުވަތަ އީމެއިލް ( decentralization_committee@majlis.gov.mv ) މެދުވެރިކޮށް ހުށަހެޅުމަށް ވަނީ އެދިފައެވެ.
ރައްޔިތުންގެ މަޖިލީހަށް އެ ގަރާރު ހުށަހެޅުއްވީ ބާރަށު ދާއިރާގެ މެމްބަރު އިބްރާހިމް ޝުޖާއުއެވެ.
އެ ގަރާރުގައި ބުނެފައިވަނީ، ކޮންމެ ރަށެއްގެ ކައުންސިލްގައި ފަސް ކައުންސިލަރުން ތިބޭއިރު އެއަދަދަށް ކޮންމެ ރަށެއްގައި ކައުންސިލަރުން ތިބެން ޖެހޭ ކަމާމެދު ސުވާލު އުފެދޭ ކަމަށެވެ. އަދި އާބާދީ ބޮޑު ރަށްތަކާއި މީހުން މަދު އަދި ކުރާނެ މާބޮޑު މަސައްކަތެއް ނެތް ރަށްރަށުގައި ވެސް ކައުންސިލަރުންގެ މުސާރައާއި އިނާޔަތްތައް އެއްވަރު ކަމަށް ގަރާރުގައި ފާހަގަކޮށްފައިވެއެވެ.
އެހެންކަމުން ސުޖާއުގެ ގަރާރުގައި އެދިފައިވަނީ، ފުލް ޓައިމްކޮށް ދެ ކައުންސިލަރުން ތިބޭ ގޮތަށް ހަދައި ބާކީ ތިބޭ ކައުންސިލަރުންނަކީ ސިޓިން އެލަވަންސް ދޭ ބަޔަކަށް ބަދަލުކުރުމާމެދު މެންބަރުން ގޮތެއް ނިންމަވައި ދެއްވުމަށެވެ.
އަދި ލާމަރުކަޒީ އުސޫލުން ރާއްޖެ ހިންގާތާ 15 އަހަރުވީ އިރުވެސް ރަށްރަށުގައި ހުރި މައްސަލަތަކަށް ހައްލު ހޯދުމަށް ގާނޫނީ ގޮތުން އިސްލާހު ގެނައުން ފިޔަވައި އެހެންކަމެއް ކުރެވުނު މަންޒަރު ނުފެންނަ ކަމަށް ގަރާރުގައި ވެއެވެ. މީގެއިތުރުން ސަރުކާރަށް ނިސްބަތްވާ އެކްޓިވިސްޓުންނަށް ޖާގަދިނުމަށް އޮންނަ ތަޅުމެއްގެ ގޮތުގައި ލާމަރުކަޒީ ނިޒާމް އޮތުމަކީ ހިތާމަވެރި ކަމެއް ކަމަށް ގަރާރުގައި ފާހަގަ ކޮށްފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު