އީރާނުގެ ފޮރިން މިނިސްޓަރ ސައީދު އައްބާސް އަރަޣްޗީ
އީރާނުގެ ފޮރިން މިނިސްޓަރ ސައީދު އައްބާސް އަރަޣްޗީ
އީރާނާއި އިސްރާއީލުން ހަނގުރާމަ ހުއްޓާލުމަށް ނިންމާފައިވާކަމަށް ޓްރަމްޕް ވިދާޅުވި ވިދާޅުވުން ދޮގު ކުރައްވައި، ހަނގުރާމަ ހުއްޓާލުމަށް އެއްބަސްވެފައި ނުވާނެކަމަށް އީރާނުގެ ފޮރިން މިނިސްޓަރ ސައީދު އައްބާސް އަރަޣްޗީ ވިދާޅުވެއްޖެއެވެ.

އެކްސްގައި އާންމުކުރެއްވި ޕޯސްޓެއްގައި އީރާނުގެ ފޮރިން މިނިސްޓަރ ސައީދު އައްބާސް ވިދާޅުވީ، ހަނގުރާމަ ފެށީ އިސްރާއީލުން ކަމަށާއި އީރާނުން ނުން ކަމަށެވެ.

"ހަނގުރާމަ ހުއްޓާލުމާއި ނުވަތަ އަސްކަރީ އޮޕަރޭޝަންތައް ހުއްޓާލުމާ ގުޅޭގޮތުން އެއްވެސް އެއްބަސްވުމެއް ނެތް" ކަމަށް އީރާނުގެ ފޮރިން މިނިސްޓަރ ވިދާޅުވެފައިވެއެވެ. އަދި ތެހެރާންގެ ގަޑިން ފަތިހު 4 ޖަހާއިރު އިސްރާއީލުގެ ހަމަލާތައް ހުއްޓިއްޖެނަމަ އީރާނުން ވެސް ހަމަލާ ހުއްޓުލާނެ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.



ނަމަވެސް އީރާނުގެ ވެރިރަށް ތެހެރާނުގެ ގަޑިން، ހެނދުނު 6 ޖަހާ ބޮޑުވިއިރުވެސް އިސްރާއީލުން އީރާނަށް ހަމަލާ ދިނުން ހުއްޓާލަން އެއްބަސްވެ، ނުވަތަ ހަމަލާ ދިނުން ހުއްޓާލިކަމަށްވެސް އަދި ރިޕޯޓުކޮށްފައެއް ނުވެއެވެ.

މީގެއިތުރުން އީރާނުން ރައްދުގައި އިސްރާއީލަށް ދެމުންދާ ހަމަލާތަކަށް ބަދަލެއް ގެންނަން ޖެހިއްޖެނަމަ އެކަން ކުރަން ނިންމާނެގޮތެއް ފަހުން ނިންމާނެކަމަށްވެސް އީރާނުގެ ފޮރިން މިނިސްޓަރ ވިދާޅުވެފައިވެއެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން