ދުންފަތުގެ އިސްތިއުމާލުކުރުން ހުއްޓާލާ ރަށްރަށުގެ ރައްޔިތުންނަށް އިނާޔަތްދޭން ދިރާސާއެއް ހަދަން ނިންމައިފި އެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒު އެކްސްގައި މިއަދު ވިދާޅުވީ ދުންފަތުގެ އިސްތިއުމާލުކުރުން އެއްކޮށް ހުއްޓާލާ ރަށްރަށުގެ އާބާދީގެ ކޮންމެ ރައްޔިތެއްގެ ބޭންކް އެކައުންޓަށް ޖަމާކޮށްދޭ ފައިސާގެ އިނާމެއް ނުވަތަ އިނާޔަތެއް ދިނުމާ ގުޅޭ ގޮތުން ދިރާސާއެއް ހަދަން އަންގަވާފައިވާ ކަމަށެވެ.

އަދި އެ ދިރާސާއާ ގުޅޭ ކަރުދާސް ހުށަހެޅުއްވުމަށް، މި ހަފްތާގައި ބޭއްވި ވަޒީރުންގެ މަޖިލީހުގެ ޖަލްސާގައި ކަމާބެހޭ ވަޒީރުންނަށް އަންގަވާފައިވާ ކަމަށް ވެސް ރައީސް ވިދާޅުވި އެެވެ.

ދުންފަތް ކޮންޓްރޯލްކުރުމަށް މުހިންމު އަދި ހަރުދަނާ ގިނަ ފިޔަވަޅުތަކެއް މި ސަރުކާރުން އަޅުމުންދާ އިރު ވޭޕާއި އީސިނގިރޭޓާއި އެފަދަ ހުރިހާ އާލާތްތަކެއްވެސް ރާއްޖޭގައި ވަނީ މަނާކޮށްފަ އެވެ.

އަދި ރާއްޖޭގައި ދުންފަތް ކޮންޓްރޯލް ކުރުމަށް ފަސް އަހަރުގެ މާސްޓަރ ޕްލޭނެއް އެކުލަވާލުމުގެ މަސައްކަތްވެސް މިހާރު ދަނީ ކުރަމުން ނެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން