ހުޅުމާލޭ ދެކުނު ދާއިރާގެ މެންބަރު ޑރ. އަޙްމަދު ޝަމްހީދު
ހުޅުމާލޭ ދެކުނު ދާއިރާގެ މެންބަރު ޑރ. އަޙްމަދު ޝަމްހީދު
ދަޢުލަތުގެ ރިޒާވުގައި މިހާރު ހުރީ ދަރަނި ދައްކަންހުރި ފައިސާ އެކަނި ކަމަށް ހުޅުމާލޭ ދެކުނު ދާއިރާގެ މެންބަރު ޑރ. އަޙްމަދު ޝަމްހީދު މިއަދު ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ޑރ. ޝަމްހީދު ވިދާޅުވީ، މާލީ ގޮތުން ރާއްޖެ މިހާރު އޮތް ހާލަތާމެދު ވިސްނާލަން ޖެހޭކަމަށެވެ. އެގޮތުން ދައުލަތަށް މިއަހަރު ލިބިފައިވާ 16.9 ބިލިއަން ރުފިޔާއިން ރައްޔިތުންނަށް ލިބުނު ފައިދާއަކާމެދު ޑރ. ޝަމްހީދު ވަނީ ސުވާލު އުފައްދަވާފައެވެ.

ހަމައެހެންމެ މިއަދުގެ ޖަލްސާގައި ޑރ. ޝަމްހީދު ވިދާޅުވީ މިހާތަނަށް ތަރައްގީގެ ހުރިހާ މަޝްރޫއުއެއް ހުރީ ހުއްޓިފައި ކަމަށާއި، ޖޫން މަހުގެ ނިޔަލަށް ތަރައްގީގެ މަޝްރޫއުތަކަށް ހޭދަކޮށްފައި ވަނީ ކަނޑައެޅި ބަޖެޓުގެ 12 އިންސައްތަ ކަމަށެވެ.

“މިއީ އަޅުގަނޑުމެން ތަރައްޤީގެ މަޝްރޫޢު ހުރިހާލު.. އަޅުގަނޑުމެން ދައްކަން އެބަ ހުރި ބައިވަރު ދަރަނި.” ޑރ. ޝަމްހީދު ވިދާޅުވިއެވެ.

ހަމައެއާއެކު ޑރ. ޝަމްހީދު ވިދާޅުވީ، ދަރަނި ދެއްކުމަކީ ކޮންމެ ސަރުކާރަކަށްވެސް އޮންނަ ޒިންމާއެއް ކަމަށާއި، އެހެންކަމުން އެއީ މާބޮޑު ކަމެއްގެ ގޮތުގައި ދައްކައިގެން ކުރަންޖެހޭ ކަމެއް ނޫންކަމަށެވެ. އަދި މި ސަރުކާރަށް އުފެއްދުންތެރި މަސައްކަތެއް ނުކުރެވުމުގެ ނަތީޖާ އަކީ ދަޢުލަތުގެ ރިޒާވުގައި މިހާރު ހުރީ ދަރަނި ދައްކަންހުރި ފައިސާ އެކަނި ކަމަށްވުން ކަމަށްވެސް ޝަމްހީދު ވިދާޅުވިއެވެ.

“އަޅުގަނޑުމެން ހާލަކީ ކޮބައިތޯ މިއަދު އަޅުގަނޑުމެންގެ ރިޒާވުގައި ހުރީ ދަރަނި ފައިސާ އެކަނި.” ޑރ. ޝަމްހީދު ވިދާޅުވިއެވެ.

އޭގެއިތުރުން ޑރ. ޝަމްހީދު ވިދާޅުވީ މަޖިލީހުން މާލިއްޔަތާއި ގުޅުންހުރި ގިނަ ޤާނޫނުތަކެއް ފާސްކޮށްދީފައިވާ ކަމަށެވެ. ނަމަވެސް އަދިވެސް ފެންނަނީ ފައިސާ މެނޭޖްކުރަން ނޭންގިގެން އުޅޭފަދަ މަންޒަރުތަކެއް ކަމަށް ޑރ. ޝަމްހީދު ވަނީ ވިދާޅުވެފައެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން