އެމެރިކާ އާއި އިސްރާއީލުން ދޭ ހަމަލާތަކުގެ ސަބަބުން އީރާނުން ނިއުކްލިއަރ ޓެކްނޮލޮޖީ ދޫކޮށްނުލާނެ ކަމަށް އެ ގައުމުގެ ފޮރިން މިނިސްޓަރ އައްބާސް އަރަގްޗީ ވިދާޅުވެއްޖެއެވެ.
އައްބާސް މިފަދައިން ވިދާޅުވީ ޔުރޭނިއަމް އެންރިޗްކުރުމުގެ މަސައްކަތް ކުރިއަށް ގެންދާނެތޯ ބުނެ 'ނިއު އަރަބް' އިން ސުވާލުކުރުމުންނެވެ.
އެގޮތުން އައްބާސް ވިދާޅުވީ މި ޓެކްނޮލޮޖީ ހާސިލުކުރުމަށް އަޅުގަނޑުމެން ވަރަށް ބޮޑެތި މަސައްކަތްތަކެއް ކޮށްފައިވާނެ ކަމަށާއި، މިކަމަށްޓަކައި ބައެއް ސައިންޓިސްޓުން އެބޭފުޅުންގެ ފުރާނަ ވެސް ގުރުބާންކޮށްފައިވާ ކަމަށެވެ.
"އަޅުގަނޑުމެންގެ ރައްޔިތުން މިކަމުގެ ސަބަބުން ދިގު މުއްދަތެއްގެ ފިޔަވަޅުތަކާ ކުރިމަތިލާން ޖެހުނު. އަދި މި މައްސަލައިގެ ސަބަބުން އަޅުގަނޑުމެންގެ ގައުމާ ދެކޮޅަށް ހަނގުރާމައެއް ވެސް ކުރިމަތިކުރުވި. އީރާނުގައި އެއްވެސް މީހަކު މި ޓެކްނޮލޮޖީ ދޫކޮށްނުލާނެ" އައްބާސް ވިދާޅުވިއެވެ.
މި އިމްޓަވިއުގައި އިންޓަނޭޝަނަލް އެޓޮމިކް އެނަރޖީ އޭޖެންސީ (އައިއޭއީއޭ) އާ މެދު އީރާނުގެ ސިޔާސަތު ބަދަލުކުރާނެތޯ ސުވާލުކުރުމުން އޭނާ ވިދާޅުވީ ނިއުކްލިއަރ ޕްރޮގްރާމާއި ނަން-ޕްރޮލިފަރޭޝަން ރެޖީމްއާ މެދު ދެކޭގޮތް ބަދަލުވެގެން ދާނެ ކަމަށެވެ. އެހެންނަމަވެސް، އެ ބަދަލުތައް އަންނާނީ ކޮން ދިމާލަކުން ކަމަށް ކަނޑައެޅިގެން ދަންނަވަން ނޭނގޭ ކަމަށް ވިދާޅުވިއެވެ.
އީރާންގެ ނިއުކްލިއަރ މަސައްކަތްތައް ހުއްޓުވުމަށްކަމަށް ބުނެ މިމަހު 13 ގައި އިޒްރޭލުން ފެށި ހަމަލާތަކުގައި މިހާތަނަށް 610 އީރާނުގެ ރައްޔިތުން ޝަހީދުވެފައިވާ ކަމަށް ރިޕޯޓުތަކުގައި ވެއެެވެ.

ކިޔުންތެރިންގެ ހިޔާލު