މަރްޔަމް ނަހްދާ ވަޙީދު   25 ޖޫން 2025 - 7:57
ލޭގެ ޕްރެޝަރު ބަލަނީ
ލޭގެ ޕްރެޝަރު ބަލަނީ
ލޭގެ ޕްރެޝަރު މަތިވުމަކީ ވަރަށް ގިނަ މީހުން ތަހައްމަލު ކުރާ ސިއްހީ މައްސަލައެކެވެ. ދުނިޔޭގެ ސިއްޙަތު ޖަމިއްޔާގެ ރިޕޯޓުތައް ދައްކާ ގޮތުގައި، މިހާރު ދުނިޔޭގެ ކޮންމެ ތިން މީހަކުން އެކަކަށް މި މައްސަލަ ދިމާވެއެވެ. މިއީ ކޮންމެ އުމުރުފުރާއެއްގެ މީހަކަށްވެސް ހަމަ ދިމާވެދާނެ މައްސަލަައެކެވެ.

ދިގު މުއްދަތަކަށް ލޭގެ ޕްރެޝަރު މަތީގައި ހުރުމަކީ ހިތާއި ލޭހޮޅިތަކަށް ބޮޑެތި ގެއްލުންތަކެއް ލިބޭ ކަމެކެވެ. އޭގެ ސަބަބުން ހިތުގެ ބަލިތައް (މިސާލަކަށް ހާޓް އެޓޭކް ނުވަތަ ހާޓް ފެއިލިއަރ)، އަދި ސްޓްރޯކް ފަދަ މައްސަލަތައް ދިމާވެއެވެ. ލޭގެ ޕްރެޝަރު މަތިވާނަމަ އެކަން ކެއުމުގެ އާދަތަކަށް ބަދަލު ގެނައުމުން ރަނގަޅު ކުރެވޭނެއެވެ.

ލޭގެ ޕްރެޝަރު ދައްކުރަން ބޭނުންވާނަމަ ކަދުރު ކެއުމަކީ މުހިންމު ކަމެކެވެ. ކަދުރުގައި ޕޮޓޭސިއަމް ގިނަ އަދަދަކަށް ހުރެއެވެ. ޕޮޓޭސިއަމް އަކީ ހަށިގަނޑުގައި ހުންނަ ސޯޑިއަމްގެ މިންވަރު އެއްހަމަކޮށް، ލޭހޮޅިތަކުގެ ފާރުތައް ދޫކޮށްލުމަށް އެހީވެދޭ މާއްދާއެކެވެ. މިކަމުގެ ސަބަބުން ލޭގެ ޕްރެޝަރު ދަށްވުމަށް މަގުފަހިވެއެވެ.

އަދި ތަފާތު ވައްތަރުގެ ބެރީސް ކެއުމަކީވެސް ލޭގެ ޕްރެޝަރު ދައްކުރުމުގައި އެހީވެދޭ ކަމެކެވެ. ބްލޫބެރީ، ސްޓްރޯބެރީ، ރަސްބެރީ ފަދަ ބެރީޒްގައި އެންޓިއޮކްސިޑެންޓްސް، ޚާއްޞަގޮތެއްގައި ފްލޭވޮނޮއިޑްސް ގިނަ އަދަދަކަށް ހުރެއެވެ. މި މާއްދާތަކަކީ ލޭހޮޅިތަކުގެ ސިއްޙަތު ރަނގަޅުކޮށް، ލޭގެ ޕްރެޝަރު ހަމައަކަށް އެޅުވުމަށް އެހީވެދޭނެ މާއްދާތަކެކެވެ.

މީގެ އިތުރުން ކަރާ ކެއުމުންވެސް ލޭގެ ޕްރެޝަރު ދަށްވެއެެވެ. ކަރަލަކީ އޭގައި ގިނަ އަދަދަކަށް އެމިނޯ އެސިޑު ހުންނަ އެއްޗެކެވެ. މި އެސިޑު ހަށިގަނޑަށް ވަންނަހިނދު އާރގިނިން އަށް ބަދަލުވެ، ނައިޓްރިކް އޮކްސައިޑް އުފައްދައެވެ. ނައިޓްރިކް އޮކްސައިޑް އަކީ ލޭހޮޅިތައް ދޫކޮށްލުމަށް އެހީވެދޭ މާއްދާއެއް ކަމުން، މީގެ ސަބަބުން ލޭގެ ޕްރެޝަރު ދަށްވުމަށް އެހީތެރިވެދެއެވެ.

ލޭގެ ޕްރެޝަރު މަތިވުމަކީ ސަމާލުކަން ދީގެން ފަރުވާ ކުރަންޖެހޭ ސިއްހީ މައްސަލައެކެވެ. މި ބަލިން ރައްކާތެރި ވުމަށް ދިއިރުޅުމުގެ އާދަތަކަށް ބަދަލު ގެންނަން ޖެހެއެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން