ގަވައިދާ ހިލާފަށް އުޅޭ ބިދޭސީން ހޯދަން އައްޑޫގައި ބޮޑު އޮޕަރޭޝަނެއް އިމިގްރޭޝަނުން މިއަދު ފަށައިފި އެވެ.
"އޮޕަރޭޝަން ހަމަމަގު"ގެ ނަމުގައި ފެށި އެ އޮޕަރޭޝަނަކީ އައްޑޫ ސިޓީއަށް ހާއްސަކޮށްގެން މިއަހަރު ކުރިއަށް ގެންދާ އެންމެ ބޮޑު ރެއިޑްކަމަށް ވެސް އިމިގްރޭޝަނުން ބުންޏެވެ.
އެ ރެއިޑުގައި އިމިގްރޭޝަން ކޮންޓްރޯލަރ ރިޓަޔާޑް އަހުމަދު ފަސީހު އަދި ޑެޕިއުޓީ ކޮންޓްރޯލަރ އަހުމަދު އަޝްފާން ބައިވެރިވެވަޑައިގަންނަވާކަމަށް އިމިގްރޭޝަނުން ބުންޏެވެ. އަދި 35 އިމިގްރޭޝަން އޮފިސަރުންނާއި އައްޑޫ ސިޓީ ފުލުހުންގެ އިތުރުން، އައްޑޫ ސިޓީ ކައުންސިލް މެންބަރުން ވެސް ބައިވެރިވާ ކަމަށް ވެސް އެ އިދާރާއިން ބުންޏެވެ.
ގަވާއިދާ ހިލާފަށް އުޅޭ 4000 އަށް ވުރެ ގިނަ ބިދޭސީން މި ސަރުކާރުން ވަނީ ފޮނުވާލައިފަ އެވެ. އަދި ބިދޭސީންގެ މައުލޫމާތު އެއްކުރުމަށް ކުރިއަށްގެންދާ އޮޕަރޭޝަން ކުރަނގީގެ ދަށުން މިހާތަނަށް 151،000 އަށްވުރެ ގިނަ ބިދޭސީ މަސައްކަތްތެރިންގެ މައުލޫމާތު ވަނީ އެއްކޮށްފަ އެވެ.

ކިޔުންތެރިންގެ ހިޔާލު