ސިޔާސީ މީހުންގެ އިހުމާލުގެ ސަބަބުން ރާއްޖޭގެ “އިޤްތިޞާދު ފުނޑިއްޖެ” ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ނައިބުރައީސް ރީކޯ މޫސާ މަނިކު ވިދާޅުވެއްޖެއެވެ.
ރާއްޖޭގެ މާލީ އަދި އިޤްތިޞާދީ ޙާލަތާއިމެދު ކަންބޮޑުވުން ފާޅު ކުރަށްވަމުން ރީކޯ މޫސަ މިއަދު ވިދާޅުވީ، ދިވެހި ވިޔަފާރިތައް އަޑިއަޅާލައި ވިޔަފާރިވެރިން މިވަގުތު ތިބީ “ހަފުސްވެފައި” ކަމަށެވެ. އަދި މިހާރު ރާއްޖޭގެ މާލީ ބާޒާރާއި، ޖުމްލަކޮށް މުޅި އިޤްތިޞާދު ކޮންޓްރޯލް ކުރަނީ ޤަވާއިދާ ޚިލާފަށް އުޅޭ ބިދޭސީން ކަމަށްވެސް މޫސަ ވިދާޅުވިއެވެ.
“ކޮންޓްރޯލެއް ނެތި ވިޔަފާރިމުދާ އެތެރެކޮށް ބޭނުން އަގެއްގާ ވިއްކަނީވެސް އެމީހުނެވެ. އެމީހުންގެ އަތުގާ (ވަނާޖަނބޭ) ދިވެހިރުފިޔާ ހެސްކިޔާފަ އެބަހުއްޓެވެ. 19/50ރ ޑޮލަރު ވިއްކިޔަސް ގަނެލަނީ ޤަވާއިދާ ޚިލާފަށް ވިޔަފާރިކޮށްއުޅޭ ބިދޭސީންނެވެ.” ރީކޯ މޫސަ ވިދާޅުވިއެވެ.
ހަމައެއާއެކު މޫސަ ވިދާޅުވީ މީގެކުރިން ވިޔަފާރިވެރިންގެ ޖަމްޢިއްޔާއަކީ ވެސް ދިވެހި ވިޔަފާރިތަކަށް އެތައް ޙައްޤުތަކެއް ހޯދައިދިން ޖަމްޢިއްޔާއެއް ކަމަށާއި، ނަމަވެސް މިއަދު އެއީ ވަކި ބައެއްގެ އަމިއްލަ އޮފީހެއް ކަމަށެވެ.
“މިޙާލު މިޤައުމަށް ޖެހިގެން ދާއިރު ޓެކްސް ދައްކަން ތިބި ވިޔަފާރިވެރިންނާ ބައްދަލުކޮށް ބަހެއްވެސް ބުނެނުލާ ސަރުކާރުގެ ފައދަށުވެފާ ތިބީއެވެ. ސަރުކާރުގާ ތިއްބަސް އިދިކޮޅުގާ ތިއްބަސް މިރާއްޖޭގެ ސިޔާސީ މީހަކަށް މިވާހަކަ ދައްކާކަށް ނުކެރެއެވެ.” މޫސާ މަނިކު ވިދާޅުވެފައިވެއެވެ.
ހަމައެހެންމެ މޫސާ މަނިކު ވަނީ ރައީސް ޞާލިޙްގެ ސަރުކާރުގައި ބިދޭސީން ލީގަލައިޒް ކުރުމަށް ކުރިއަށް ގެންދިޔަ ޕްރޮގްރާމަށްވެސް ފާޑު ވިދާޅުވެފައެވެ. އަދި އެއީ އޭރުގެ އިޤްތިޞާދީ ވަޒީރު ކުރެއްވި ދޯހަޅި ކަމެއްގެ ގޮތުގައި މޫސަ ސިފަކުރެއްވިއެވެ.
“ޤާނޫނާ ޚިލާފަށް ވިސާ ނެތި އުޅުނީމާ ޢަމަލު ކުރަންވާ ގޮތް ޤާނޫނުގާ ލިއެފާއޮށްވާ އެއަށް ބެލުމެއްނެތި އެމީހުނަށް ސަރުކާރުގެ ނަމުގާ ސައްޙަ ވިސާއެއް ދޫކޮށްލާ ދިވެހިރައްޔިތަކަށް ނޯންނަ ޙައްޤުދީފާ މިހާރު ދެން ޑޮލަރު އަގުބޮޑުވާ ވާހަކަ ދެއްކީމާ ވަނީ ޖޯކަކަށެވެ.” މޫސަ ވިދާޅުވިއެވެ.
އޭގެއިތުރުން ޤާނޫނު ތަންފީޛުކުރާ އިދާރާތަކުގައި އެވާހަކަ ދަންނަވާތާ އެތައް ދުވަހެއް ވީއިރުވެސް މައްސަލައަށް ޙައްލެއް ނުލިބި އޮތުމުގެ ކަންބޮޑުވުން މޫސަ ވަނީ ފާޅުކުރަށްވާފައެވެ.
ޑޮލަރުގެ ކޮންޓްރޯލް ދިވެހިންގެ އަތުން ގެއްލި ބިދޭސީންގެ އަތްމައްޗަށް ގޮސްފައިވާ ކަމަށް މޫސަ ވިދާޅުވެފައިވާއިރު، ސަރުކާރުން މިހާރުވަނީ ބޭރުފައިސާގެ އަގު ހިފެހެއްޓުމަށް ޚާއްސަ ފިޔަވަޅުތަކެއް އަޅާފައެވެ. ނަމަވެސް އެކަމުގެ ސަބަބުން ޑޮލަރަށް އޮތް ތާށިކަމަށް ލުޔެއް ނުލިބޭކަމުގެ ޝަކުވާ ވިޔަފާރިވެރިން ދަނީ ކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު