ކުރީގެ ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙް
ކުރީގެ ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙް
މިދިޔަ ހޯމަ ދުވަހު އެމްޑީޕީއަށް އަލުން ސޮއިކުރެއްވުމުން އެމްޑީޕީގެ އިސްލީޑަރ، ކުރީގެ ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙް އެމަނިކުފާނަށް ގުޅުއްވައި މަރުޙަބާ ދެންނެވި ކަމަށް ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ރައީސް ނަޝީދު މިއަދު ވިދާޅުވީ، އެމްޑީޕީއާ ގުޅިވަޑައިގަތުމުން ރައީސް ޞާލިޙް ވަނީ ފޯނު ކޯލެއް ކުރަށްވައި މަރުހަބާ ދަންނަވާފައި ކަމަށެވެ. ނަމަވެސް އެކަމުގެ އިތުރު ތަފްސީލެއް ދެއްވާފައި ނުވެއެވެ.

ރައީސް ޞާލިޙް ގުޅުއްވިކަމަށް ރައީސް ނަޝީދު ވިދާޅުވެފައިވާއިރު، ދެބޭފުޅުންގެ ދެމެދުގައި ނުތަނަވަސް ވެފައިވާ ގުޅުމާމެދު އިތުރު ބަސްފުޅެއް ރައީސް ނަޝީދު ވިދާޅުވެފައެއް ނުވެއެވެ. ރައީސް ނަޝީދު އެމްޑީޕީއަށް ގުޅިވަޑައިގަތުމުގެ އުފާ ފާޅުކުރުމަށް ބޭއްވި ޖަލްސާގައިވެސް ސްޓޭޖް މަތީގައި ރައީސް ނަޝީދު، ރައީސް ޞާލިޙަށް ޝުކުރު ދަންނަވާފައެއް ނުވެއެވެ.

އަދި އެޖަލްސާގައި ރައީސް ޞާލިޙް ބައިވެރިވެ ވަޑައިގެންފައިވެސް ނުވެއެވެ. ރައީސް ޞާލިޙްގެ އަރިސް ބޭފުޅުން ވިދާޅުވެފައިވަނީ އެޖަލްސާގައި ރައީސް ޞާލިޙް ބައިވެރިވެ ވަޑައިގެންފައިނުވަނީ ރާއްޖޭން ބޭރުގައި ހުންނެވުމުގެ ސަބަބުން ކަމަށެވެ.

މީގެކުރިން އެމްޑީޕީގެ ރައީސްގެ ގޮތުގައި ހުންނެވުމަށް ފަހު، ރައީސް ނަޝީދު އެމްޑީޕީން 2023 ވަނަ އަހަރު ވަކިވެވަޑައިގެންފައިވަނީ، އޭރު ރާއްޖޭގެ ރައީސަކަށް ހުންނެވި ރައީސް ޞާލިޙާ ދެމެދު ޖެހުނު މައްސަލަގަނޑުގެ ތެރެއިންނެވެ. އެއަށްފަހު އެމަނިކުފާނުވަނީ ޑިމޮކްރެޓްސްގެ ނަމުގައި އަމިއްލަ ޕާޓީއެއް އުފައްދަވާފައެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން