އެޓާރނީ ޖެނެރަލްގެ މަޤމުގައި ހުނެވި ބޭފުޅާ ބަދަލު ނުވާނެކަން އެނގޭ ކަމަށާއި، ނަމަވެސް އެމަނިކުފާނުގެ މަސައްކަތްތައް ކުޑަކޮށް ރަނގަޅުކޮށްލަންޖެހޭ ކަމަށް ވައިކަރަދޫ ދާއިރާގެ މެންބަރު ހުސައިން ޒިޔާދު (ފިއްޓޭ) މިއަދު ވިދާޅުވެއްޖެއެވެ.
ފިއްޓޭ މިހެން ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ބަންޑާރަނައިބުގެ އޮފީސް ސިވިލް ސާވިސްއިން ވަކިކުރުމަށް އެކުލަވާލި ބަންޑާރަނައިބުގެ އޮފީހުގެ ގާނޫނަށް އިސްލާހު ގެނައުމަށް ހުށައަޅުއްވާފައިވާތީ އެކަމަށް ފާޑު ވިދާޅުވަމުންނެވެ.
އެގޮތުން މިދިޔަ މެއި މަހުގެ 29ގައި ތަސްދީޤު ކޮށްފައިވާ ޤާނޫނަކަށް މަސްދުވަސް ނުވަނީސް އިސްލާޙުކުރުމަށް ހުށައަޅާފައިވާތީ ފިއްޓޭވަނީ އެއީ ޒިންމާދާރުކަން ކުޑަކަމެއް ކަމަށް ވިދާޅުވެފައެވެ. މިފަހަރުގެ އިސްލާޙުގައި އޮތީ ބަންޑާރަނައިބުގެ އޮފީހުގެ މުވައްޒަފުންގެ މުސާރައާއި އިނާޔަތްތައް އިސްލާހުކުރުމާއި، އެ އޮފީހުގެ މަސްއޫލިއްޔަތުތައް މުރާޖައާ ކުރުމެވެ.
އެކަމާ ގުޅިގެން ފިއްޓޭ ވިދާޅުވީ، މަޖިލީސް މިހާރު ކުރިއަށްދަނީ މަޖިލީހުގެ ރިޔާސަތުގެ ހިކުމަތްތެރިކަމުގެ ސަބަބުން ކަމަށާއި، މަޖިލީހަށް އަންނަންވާ ބިލުތައް ނާންނަނީ ދައުލަތުގެ ބަންޑާރަނައިބަށް އެކަން ނުވާތީ ކަމަށެވެ. އަދި ކޮންމެ ފަހަރަކު އަކުރެއް، ނޫނީ ފޮޅުވަތެއް އިސްލާހުކުރަން ފޮނުވުމަކީ ދެރަކަމެއް ކަމަށް ފިއްޓޭ ވިދާޅުވިއެވެ.
“އެނގޭ އޭޖީ ބަދަލެއް ނުވާނެކަން. އެހެންނަމަވެސް ރަނގަޅުކޮށްލެވިދާނެ.” ފިއްޓޭ ވިދާޅުވެފައިވެއެވެ.
އޭގެއިތުރުން ފިއްޓޭ ވަނީ މިހާރު ހުންނެވި ދަޢުލަތުގެ ބަންޑާރަނާއިބަށް ޤާނޫނުތައް ރަނގަޅަށް ޑްރާފްޓް ނުކުރެވޭނަމަ ސަރުކާރުގެ ބަންޑާރަނައިބެއް އައްޔަނުކޮށްގެން ނަމަވެސް ސަރުކާރުގެ ދުވެލި ހަލުވި ކުރަންޖެހޭ ކަމަށް ވިދާޅުވެފައެވެ.
ފިއްޓޭ މިހެން ވިދާޅުވެފައިވާއިރު، މަޖިލީހުގެ ނާއިބުރައީސް އަޙްމަދު ނާޒިމްވެސް މިއަދު ވިދާޅުވީ، ބަންޑާރަނައިބުގެ އޮފީހުން ރައްޔިތުންގެ މަޖިލީހަށް ފޮނުވަންޖެހޭ ބިލުތައް އައުން ލަސްކަން އެނގިވަޑައިގަންނަވާ ކަމަށާއި، އެ އޮފީހުގެ މަސައްކަތްތައް ދާންވާ ސްޕީޑުގައި ނުދަނީ ރަނގަޅު ފެންވަރުގެ ކޮލިޓީ ވަކީލުންނާއި މުވައްޒަފުން ނެތުމުން ކަމަށެވެ.
ނަމަވެސް މިހާރު ހުށައަޅާފައިވާ އިސްލާޙު ފާސްވުމުން ރަނގަޅު ފެންވަރުގެ ވަކީލުން އޭޖީ އޮފީހަށް ލިބޭނެ ކަމަށާއި، އެ އޮފީހުގައި ފުނިޖެހިފައިހުރި މަސައްކަތްތައް ވެސް 'ކުޑަ އަޑި' ވެގެންދާނެ ކަމަށް ނާޒިމް މިއަދު ވިދާޅުވެފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު