ޕީއެންސީގެ ލީޑަރޝިޕް
ޕީއެންސީގެ ލީޑަރޝިޕް
ކުރިއަށް އޮތް ކައުންސިލް އިންތިހާބުގެ 80 އިންސައްތަ ވެރިކަންކުރާ ޕީއެންސީން ނަގާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ލީޑަރ އިބްރާހިމް ފަލާޙް ވިދާޅުވެއްޖެއެވެ.

ފަލާޙް މިހެން ވިދާޅުވީ، ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބުގައި ޕީއެންސީ އާއި މިސަރުކާރަށް ލިބޭނީ އެންމެ 20 އިންސައްތަ ވޯޓު ކަމަށް ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވުމާ ގުޅިގެން އެކަމަށް ރައްދު ދެއްވަމުންނެވެ.

އެގޮތުން ފަލާހު މިއަދު ވިދާޅުވީ ރައީސް ނަޝީދު 20 އިންސައްތަ ލިބޭނެ ކަމަށް ހިސާބު ޖެއްސެވި ނަމަވެސް، ޕީއެންސީން އަންނަ އަހަރުގެ ލޯކަލް ކައުންސިލް އިންތިޚާބުގައި 80 އިންސައްތަ ހޯދާނެ ކަމަށެވެ. އަދި މިސަރުކާރުން ދަނީ، މުޖުތަމައުގައި ހަރުލާފައި ހުރި ހުރިހާ ނުރަނގަޅު ކަންކަން ޙައްލު ކުރަމުން ކަމަށްވެސް ފަލާޙް ވިދާޅުވެފައިވެއެވެ.

އޭގެއިތުރުން ފަލާޙް ވިދާޅުވީ، އެމްޑީޕީ ސަރުކާރުން ނިމުނުއިރު ރަށްރަށަށް ނުކޮށްދީ ހުރި ހުރިހާ ކަމެއް މި ސަރުކާރުން ކޮށްދެމުން އަންނަ ކަމަށާއި، ކުރިއަށް އޮތް ހަފުތާގައި ޕީއެންސީން ލޯކަލް ކައުންސިލް ކެމްޕޭން ދަތުރުތައް ފަށާނެ ކަމަށެވެ.

ފަލާޙް މިހެން ވިދާޅުވެފައިވާއިރު ކައުންސިލް އިންތިހާބުގެ މެޖޯރިޓީ އެމްޑީޕީން ހޯދަން ޖެހޭ ކަމަށް ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވަނީ ވިދާޅުވެފައެވެ.



ކިޔުންތެރިންގެ ހިޔާލު