ހައުސިން މިނިސްޓަރ ޑރ. ޢަބަދުالله މުއްޠަލިބު ގެންދަވަނީ އޭސީސީއާއި، ރައީސް ޑރ. މުޢިއްޒަށްވެސް ގޮންޖައްސަވަމުން ކަމަށް މާލެސިޓީ ކައުންސިލުގެ މެންބަރު މުހައްމަދު ސައިފް ފާތިހް މިއަދު ވިދާޅުވެއްޖެއެވެ.
މިއަދު ބޭއްވި މާލޭ ސިޓީ ކައުންސިލްގެ އާއްމު ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ކައުންސިލަރު ސައިފް ވަނީ ކުރީ ސަރުކާރުން އިއުލާނު ކޮށްފައިވާ “ގެދޮރުވެރިޔާ” ސްކީމްގެ ފްލެޓްތައް ލިބޭ މީހުންގެ ލިސްޓު މުރާޖަޢާ ކުރުމުގައި މިނިސްޓަރ މުއްޠަލިބް ޢަމަލު ކުރަށްވާފައިވާ ގޮތަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފައެވެ.
އެގޮތުން ފްލެޓް ލިބޭ މީހުންގެ ޝަރުތުތަކަށް މިނިސްޓަރު ބަދަލު ގެންނެވީ އޭސީސީން އަންގަވައިގެން ނޫންކަމަށާއި، މުއްޠަލިބްގެ އެ ޢަމަލުގެ ސަބަބުން ކުރިން ފްލެޓް ލިބުނު ބައެއް މީހުން ފަހުން އެކުލަވާލި ޝަރުތުތަކަށް ނުފެތޭ ކަމަށް މުއްޠަލިބް ވިދާޅުވެފައިވެއެވެ. އަދި އެއީ ރައީސްގެ ވިސްނުންފުޅު ނޫން ކަމަށްވެސް ސައިފް ވިދާޅުވެފައިވެއެވެ.
“އޭސީސީގެ ރިޕޯޓުގައި އޮތް ކަމަކަށް ކުރާކަމެއް ނޫން މީކީ. އަދި އޭސީސީގެ ރިޕޯޓުގައި ފްލެޓު ދޭން ބުނެފައިހުރި މީހުންނަށް ފްލެޓް ނުލިބޭނެ ކަމަށްވެސް ލިސްޓެއް ހާމަކުރެއްވީ ހަމަ ހައުސިން މިނިސްޓަރު މުއްޠަލިބު.” ސައިފް ވިދާޅުވިއެވެ.
ސައިފް ވިދާޅުވީ އޭނާއަކީ ނަހަމައިން މީހަކަށް އެއްޗެއް ދިނުމަށް ތާޢީދު ކުރާނެ މީހެއް ނޫން ކަމަށާއި، ނަމަވެސް ޝަރުތު ހަމަވެގެން ފްލެޓް ލިބުނު ބައެއްގެ ޝަރުތު އުނިވާގޮތަށް ފަހުން ހައުސިން މިނިސްޓްރީން ލިސްޓެއް އެކުލަވާލުމަކީ ބަލައިގަންނާނެ ކަމެއް ނޫން ކަމަށެވެ.
“ރެޓްރޯސްޕެކްޓިވް ކޮށް މުޅި ސްކީމް ބަދަލު ކުރެއްވުން މައްސަލައަކީ. މައްސަލައަކަށް ވެގެން މިއުޅެނީ މީހަކަށް އެއްޗެއް ދީގެނެއް ނޫން. ލިބެންވާ މީހާއަށް ނުލިބިގެން މިއުޅެނީ. ލިބެންވާ 300 އެއްހާ މީހުން ކަޓައިގެން ދާތީ އެމީހުންގެ ވާހަކަ މިދައްކަނީ.” ހިތްހަމަނުޖެހުން ފާޅު ކުރަށްވަމުން ސައިފް ވިދާޅުވިއެވެ.
އޭގެ އިތުރުން ސައިފް މިއަދު ވިދާޅުވީ، ހައުސިން މިނިސްޓްރީން ފްލެޓް އަތުލި ބައެއް މީހުންނަކީ ސީލައިފް ސްކޭމްގައި މައްސަލަ ޖެހިގެން ސަރުކާރުން ވިނަރެސް މަޝްރޫޢުން ޖާގަ ދިން މީހުން ކަމަށެވެ. އަދި ހަމައެއާއެކު އޭގެ ތެރޭގައި 600 އަކަފޫޓު ހަމަނުވާ ހިޔާ ފްލެޓް ލިބުނު މީހުން ތިބިކަންވެސް ސައިފް މިއަދު ފާހަގަ ކުރެއްވިއެވެ.
“ފުރަތަމަ މި ސްކީމަށްވެސް އެބަ ކޮލިފައިވޭ 600 އަކަފޫޓަށް ވުރެ ކުޑަތަންކޮޅެއް އޮތް މީހުން.” ސައިފް ވިދާޅުވިއެވެ.
ސައިފް މިހެން ވިދާޅުވެފައިވާއިރު ރައީސް ޞާލިޙްގެ ސަރުކާރުން ފެށި ގެދޮރުވެރިޔާ މަޝްރޫޢުގެ ފްލެޓްތައް ލިބޭ މީހުންގެ ލިސްޓު މުރާޖަޢާ ކުރުމުން މިހާރު ފްލެޓު ލިބެނީ 1820 މީހުންނަށް ކަމަށް ހައުސިން މިނިސްޓަރ މުއްޠަލިބް ވަނީ ވިދާޅުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު