މިއަދު އަޅުގަނޑުމެންގެ ދިރިއުޅުމުގެ އެކި ދިމަދިމާއިން ކުރިމަތިލާންޖެހޭ އެންމެ ބޮޑު ގޮންޖެހުމަކީ ސްކޭމްތަކާއި، ސައިބަރ ކްރައިމްތަކެވެ. ސްކޭމަކީ މަކަރާއި ހީލަތުން، މީހުންގެ އަމިއްލަ މައުލޫމާތާއި ފައިސާ ހޯދުމަށް ކުރާ ނުރައްކާތެރި މަސައްކަތްތަކެކެވެ. ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ސްކޭމްތައް ޖައްސާ މީހުންގެ އަދަދު ދަނީ އިތުރުވަމުންނެވެ. އިންޓަނެޓާއި ޑިޖިޓަލް ޚިދުމަތްތައް އާންމުވުމާއެކު، މިފަދަ މަކަރަށް ހެއްލޭ މީހުންގެ އަދަދުވެސް ވަނީ މަތިވެފައެވެ. އެހެންކަމުން، މިފަދަ ޙަމަލާތަކުން ރައްކާތެރިވުމަށްޓަކައި ކޮންމެ މީހަކުވެސް ސަމާލުވެ، ބުއްދިވެރިކަމާއެކު އަމަލުކުރުމަކީ ވަރަށް މުހިންމު ކަމެކެވެ.
ސްކޭމްތަކުން ރައްކާތެރިވުމަށް ކުރެވޭނެ އެންމެ މުހިންމު ކަމަކީ، އީމެއިލް، މެސެޖް ނުވަތަ ފޯންކޯލް މެދުވެރިކޮށް އަންނަ ނުދަންނަ މީހުންނާ މެދު ސަމާލުވުމެވެ. ސްކޭމް ކުރާ ފަރާތްތަކުން ގިނައިން ބޭނުންކުރާ އެއް އުކުޅަކީ "ފިޝިންގ" އެވެ. މިއީ އިނާމެއް ލިބުނު ކަމަށް ނުވަތަ ކޮންމެވެސް ކަމެއް އަވަހަށް ނިންމަންޖެހޭ ކަމަށް ބުނެ މީހުން ހެއްލުވުމެވެ. ބައެއް ފަހަރު ސަރުކާރުގެ އިދާރާއަކުން ނުވަތަ ބޭންކަކުން ކަމަށް ހެދިގެންވެސް ގުޅައިފާނެއެވެ. އެފަދަ ފަރާތްތަކުން ތިމާގެ ނަމާއި، އެޑްރެހާއި، އީމެއިލް، އަދި ބޭންކު އެކައުންޓު ނަންބަރު ފަދަ މުހިންމު މައުލޫމާތު ހޯދަން މަސައްކަތްކުރާނެއެވެ. މިފަދަ ހާލަތްތަކުގައި، އެއްވެސް މައުލޫމާތެއް ނުދިނުމަށް އަބަދުވެސް ސަމާލުވާން ޖެހެއެވެ.
ސަކޭމްތަކުން ރައްކާތެރިވާން ބޭނުންވާނަމަ އަމިއްލަ މައުލޫމާތު ރައްކާތެރިކަމާއެކު ބެލެހެއްޓުމަކީވެސް މުހިންމު ކަމެކެވެ. ކޮންމެ މީހެއްގެވެސް ނަމާއި، އެޑްރެހާއި، އީމެއިލް، އަދި ބޭންކު އެކައުންޓް ނަމްބަރު ފަދަ މައުލޫމާތަކީ އެހެން ފަރާތްތަކަށް ހިއްސާކޮށްގެން ނުވާނެ މައުލޫމާތުތަކެކެވެ. އިންޓަނެޓް ބޭނުންކުރާނަމަ، ވަރުގަދަ ޕާސްވޯޑުތައް ބޭނުންކުރުމާއި، ކޮންމެ އެކައުންޓަކަށް ތަފާތު ޕާސްވޯޑު ބޭނުންކުރުން މުހިންމެވެ. އަދި ޓޫ ފެކްޓަރ އޯތެންޓިކޭޝަން އޮން ކޮށްފައި ބެހެއްޓުމަކީވެސް މުހިންމު ކަމެކެވެ.
މީގެ އިތުރުން އިތުރަށް މިކަމާ ގުޅޭ މައުލޫމާތު ހޯދައި އެހީއަށް އެދުމަކީވެސް ސްކޭމްތަކުން ރައްކާތެރިވުމަށް އަޅަން ޖެހޭ ފިޔަވަޅެކެވެ. ކޮންމެވެސް ކަމެއް ގޯސްކަމަށް ހީވެއްޖެނަމަ، ނުވަތަ ޝައްކުތަކެއް އުފެދިއްޖެނަމަ، އެކަމާ ބެހޭގޮތުން ރަނގަޅަށް މައުލޫމާތު ހޯދުމަކީ މުހިންމު ކަމެކެވެ. އިނާމެއް ނުވަތަ ފަސޭހައިން ފައިސާ ލިބޭނެ ކަމެއް ކަމަށް ބުނެ ހުށަހަޅާ ކަންތައްތަކަށް ބޮޑަށް ސަމާލުވާންވާނެއެވެ. އެއްވެސް ކަމެއް އާދަޔާ ޚިލާފަށް ރަނގަޅު ކަމަށް ހީވެއްޖެނަމަ، ގިނަ ފަހަރު އެއީ މަކަރަކަށް ވެއެވެ. މިފަދަ ހާލަތްތަކުގައި، ގުޅުންހުރި ކަމަށް ބުނާ މުއައްސަސާގެ ރަސްމީ ނަންބަރަށް ގުޅައިގެން ނުވަތަ ރަސްމީ ވެބްސައިޓް ބަލައިގެން މައުލޫމާތު ޔަގީންކުރަން ޖެހެއެވެ. އަދި ސްކޭމަކަށް ހެއްލިއްޖެނަމަ، ވަގުތުން ފުލުހުންނަށް ނުވަތަ ގުޅުންހުރި ފަރާތްތަކަށް ރިޕޯޓުކުރުމަކީ ވަރަށް މުހިންމު ކަމެކެވެ.
މިގޮތަށް އަމަލުކުރުމުން، އަޅުގަނޑުމެންގެ އަމިއްލަ ސަލާމަތާއި، މުދަލުގެ ރައްކާތެރިކަން ކަށަވަރުކުރެވި، ސްކޭމްތަކުން މީހާ ރައްކާތެރި ވާނެއެވެ.

ކިޔުންތެރިންގެ ހިޔާލު