ޑިރެކްޓަރ ޖެނެރަލް އޮފް ޒަކާތު، ފަޟީލަތުއްޝައިޚް ޢިއްޒައްދީން ޢަދްނާން
ޑިރެކްޓަރ ޖެނެރަލް އޮފް ޒަކާތު، ފަޟީލަތުއްޝައިޚް ޢިއްޒައްދީން ޢަދްނާން
ޒަކާތު ފަންޑުގެ ފަޤީރުންގެ ދަފްތަރުގައި ހިމެނޭ ފަރާތްތަކުގެ ތެރެއިން ކެންސަރު ފަދަ ދާއިމީ ބޮޑެތި ބަލިތައް ތަހައްމުލުކުރަމުންދާ ފަރާތްތަކުގެ ބޭސް ފަރުވާއަށް، މިއަހަރުން ފެށިގެން އިންޝުރެންސް ތަޢާރަފްކުރަން ނިންމައިފިއެވެ.

ޒަކާތު ފަންޑުގެ ފަޤީރުންގެ ދަފްތަރުގައި މިހާތަނަށް 2852 ފަޤީރުން ވަނީ ރަޖިސްޓްރީ ވެފައެވެ. އިސްލާމިކް މިނިސްޓްރީން މިއަދު ބުނީ މި އިންޝުއަރެންސް ކުރިއަށް ގެންދިއުމަށް ނިންމާފައިވަނީ އެލައިޑް އިންޝުރެންސާ ގުޅިގެން ކަމަށެވެ.

“އެފަރާތްތަކަށް އިންޝުރެންސް ތަޢާރަފްކުރަނީ އާސަންދަ ކަވަރ ނުކުރާ ކަންކަމަށް އަމިއްލައަށް ހޭދަކުރުމަށާއި ބައެއް ފަހަރު ފުރާނަ ސަލާމަތްކުރުމަށްޓަކައި ރާއްޖެއިން ބޭރުން ކުރަންޖެހޭ ފަރުވާއާއި ގެންނަން ޖެހޭ ބޭސް ގެނައުމަށް މަގު ފަހިކުރުމަށް.” އިސްލާމިކް މިނިސްޓްރީން މައުލޫމާތު ދީފައިވެއެވެ.

ހަމައެއާއެކު އިސްލާމިކް މިނިސްޓްރީން ބުނީ މާތް ﷲ ގެ ހެޔޮ ރަޙުމަތްފުޅުން ރައީސުލްޖުމުހޫރިއްޔާ ޑރ މުޙައްމަދު މުއިއްޒުގެ ސަރުކާރުން ރާއްޖޭގައި ޒަކާތަށް ޚާއްޞަ އިދާރާއެއް ޤާއިމުކޮށް ޒަކާތުގެ ނިޒާމް ހަރުދަނާކުރުމަށް ގިނަ މަސައްކަތްތަކެއް ކޮށްފައިވާ ކަމަށެވެ.

އަދި މިދިޔަ އަހަރަކީ މުދަލުޒަކާތަށް އެންމެ ގިނަ އަދަދަކަށް ފައިސާ ލިބުނު އަހަރުކަން ފާހަގަކޮށް މިނިސްޓްރީން ބުނެފައިވަނީ، ޒަކާތު ފަންޑުން ފަޤީރުންނަށް ބޮޑު ޚަރަދެއް ކުރާކަމަށެވެ.

އޭގެ ތެރޭގައި ދިރިއުޅުމުގެ ޟަރޫރީ ކަންކަމަށް އެހީވުމަށާއި ކޮންމެ އަހަރަކު ފަޤީރުންގެ ދަފްތަރުގައި ހިމެނޭ ފަރާތްތަކަށް ނަޤުދު ފައިސާގެ އެހީ ފޯރުކޮށްދިނުމާއި ފަޤީރުންގެ ބޭސް ފަރުވާއަށް ހޭދަކުރުމާއި މި ނޫންވެސް ގިނަ ކަންކަމަށް އެހީތެރިވެދޭ ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފައިވެއެވެ.

ތަފާސްހިސާބުތައް ދައްކާގޮތުން މިދިޔަ އޭޕްރީލް މަހު ޒަކާތު ފަންޑުން 111 މީހެއްގެ ބޭސްފަރުވާއަށް 1.7 މިލިޔަން ރުފިޔާގެ އެހީ ހަމަޖައްސާދީފައިވެއެވެ. އަދި އެމަހު އެހީގެ ގޮތުގައި ވަނީ 1.1 މިލިޔަން ރުފިޔާ ޚަރަދުކޮށްފައެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން