އެގޮތުން މިދުވަހުގެ ތަހުނިޔާ ދިވެހި ރައްޔިތުންނަށް ފޮނުއްވަމުން ކުރީގެ ރައީސް އަލްއުސްތާޛު މައުމޫން އަބްދުލް ޤައްޔޫމް ވިދާޅުވީ، ހިޖްރީ އައު އަހަރު ފެށުމުގެ އުފާވެރި މުނާސަބަތުގައި މުޅި އިސްލާމީ އުއްމަތަށް ނުހަނު އިޙްލާސްތެރިކަމާއެކު ތަހުނިޔާ ދަންނަވާ މުބާރަކްބާދީ އަދާކުރަށްވާ ކަމަށެވެ.
އަދި މި ފެށޭ އައު އަހަރަކީ އިސްލާމީ އުންމަތަށާއި މުޅި ދުނިޔެއަށް ޞުލްޙަ މަސަލަސްކަމާއި އަމާންކަމާއި ބާއްޖަވެރިކަމާއި ނިމުމެއް ނެތް ތަރައްޤީ ލިބެނިވި އަހަރެއްކަމުގައި ލެއްވުމަށް އެދި އެމަނިކުފާނު ވަނީ ދުޢާކުރައްވާފައިވެއެވެ.
Happy Hijri 1447! I pray to Almighty Allah to bless us and the world with further peace and prosperity during this New Year!
— Maumoon Abdul Gayoom (@maumoonagayoom) June 26, 2025
ކުރީގެ ރައީސް މުޙައްމަދު ނަޝީދުގެ މެސެޖުގައި ވަނީ، މި އަހަރަކީ އުފާ ފާގަތިކަމާއި ހެޔޮކަމުގެ އަހަރެއްކަމުގައި ލެއްވުމަށް އެދި ދުޢާ ކުރައްވާފައެވެ. އަދި ހިޖުރީ އައު އަހަރުގެ މުނާސަބަތުގައި، ޚާއްސަކޮށް ދިވެހި ލޮބުވެރި ރައްޔިތުންނާއި، އާއްމުކޮށް އިސްލާމީ އުއްމަރަށް ހެޔޮ އެދުމާއި ތަޙުނިޔާވަނީ ފޮނުއްވާފައެވެ.
Hijree aa aharuge munaasabathugai, khaassakoh Dhivehi lobuvethi rayyithunnah, aanmukoh Islami ummathah heyo edhumaai thahuniya dhannavan! Mi aharakee ufaafaagathi kamaai heyokamuge ahareh kamugai lavvaashi!
— Mohamed Nasheed (@MohamedNasheed) June 25, 2025
ކުރީގެ ރައީސް ޢަބްދުالله ޔާމީން ޢަބްދުލް ޤައްޔޫމްގެ މެސެޖުގައި ހިޖުރީ އައު އަހަރުގެ ހެޔޮއެދުމާއި ތަހުނިޔާ ދިވެހިރާއްޖޭގެ ލޮބުވެތި ރައްޔިތުންނަށް އަރިސްކުރަށްވައި، މި ފެށުނު 1447 ވަނަ އަހަރަކީ، ދިވެހިރާއްޖެއަށާއި ދިވެހިރާއްޖޭގެ ލޮބުވެތި އުޚުތުންނަށާއި އަޚުންނަށް، ބާއްޖަވެރި އަދި އުފާވެރި އަހަރެއް ކަމުގައި ލެއްވުމަށް އެދި ދުޢާ ކުރަށްވާފައިވެއެވެ.
ޙިޖުރީ އައު އަހަރުގެ ހެޔޮއެދުމާއި ތަހުނިޔާ ދިވެހިރާއްޖޭގެ ލޮބުވެތި ރައްޔިތުންނަށް އަރިސްކުރަން!
— Abdulla Yameen (@prz_ymn) June 25, 2025
އަޅުގަނޑުގެ އިޚްލާޞްތެރި ދުޢާއަކީ، މި ފެށުނު 1447 ވަނަ އަހަރަކީ، ދިވެހިރާއްޖެއަށާއި ދިވެހިރާއްޖޭގެ ލޮބުވެތި އުޚުތުންނަށާއި އަޚުންނަށް، ބާއްޖަވެރި އަދި އުފާވެރި އަހަރެއް ކަމުގައި… pic.twitter.com/2ZsP82y4bg
ކުރީގެ ރައީސް އިބްރާޙިމް މުޙައްމަދު ޞާލިޙްވެސް ވަނީ ހިޖުރީ އައު އަހަރުގެ ތަހުނިޔާ އާއި ހެޔޮއެދުންތައް ދިވެހިރާއްޖޭގެ ލޮބުވެތި ރައްޔިތުންނަށާއި އިސްލާމީ އުންމަތުގެ އަޚުންނާއި އުޚުތުންނަށް އަރިސް ކުރަށްވާފައެވެ.
އަދި މި ފެށޭ 1447 ވަނަ އަހަރަކީ، ދިވެހިންނަށާއި ދިވެހިރާއްޖެއަށް އަދި މުޅި އިސްލާމީ އުންމަތަށް، ބާއްޖަވެރިކަމާއި ތަނަވަސްކަން ގެނެސްދޭނެ އުފާވެރި އަހަރެއް ކަމުގައި ލެއްވުމަށް އެދި އެމަނިކުފާނު ދުޢާ ކުރަށްވާފައިވެއެވެ.
ހިޖުރީ އައު އަހަރުގެ ތަހުނިޔާ އާއި ހެޔޮއެދުންތައް ދިވެހިރާއްޖޭގެ ލޮބުވެތި ރައްޔިތުންނަށާއި އިސްލާމީ އުންމަތުގެ އަޚުންނާއި އުޚުތުންނަށް އަރިސްކުރަން.
— Ibrahim Mohamed Solih (@ibusolih) June 26, 2025
މި ފެށޭ 1447 ވަނަ އަހަރަކީ، ދިވެހިންނަށާއި ދިވެހިރާއްޖެއަށް އަދި މުޅި އިސްލާމީ އުންމަތަށް، ބާއްޖަވެރިކަމާއި ތަނަވަސްކަން…
ކުރީގެ ރައީސުންގެ އިތުރުން ރާއްޖޭގެ ސިޔާސީ ޕާޓީތަކުގެ ލީޑަރުންނާއި، ވަޒީރުން ދަނީ، ހިޖްރީ އައު އަހަރުގެ ތަޙުނިޔާ ފޮނުއްވާ މީސްމީޑިއާގައި މެސެޖުތައް ޙިއްސާ ކުރައްވަމުންނެވެ.
ހިޖުރީ އައު އަހަރަކީ ކީރިތި ރަސޫލާ މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމަ، މައްކާ ދޫކުރައްވައި މަދީނާއަށް ހިޖުރަކުރަށްވައި އިސްލާމީ ދައުލަތް ޤާއިމުކުރެއްވުމަށް ފެށްޓެވި މަތިވެރި މަސައްކަތްޕުޅުން އެތަކެއް ޢިބްރަތެއް ލިބިގެންދާ މުނާސަބާއެކެވެ.
ކިޔުންތެރިންގެ ހިޔާލު