ޒުވާން ޚަތީބުންގެ 3 ވަނަ ބެޗް
ޒުވާން ޚަތީބުންގެ 3 ވަނަ ބެޗް
ޒުވާން ޚަޠީބުންގެ 3 ވަނަ ބެޗް މިއަދު ފަށައިފިއެވެ.

އިސްލާމިކް މިނިސްޓަރ ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު މިއަދު ވިދާޅުވީ ސަރުކާރުގެ އަމާޒަކީ މިދައުރު ނިމުމުގެ ކުރިން 1000 ޒުވާން ޚަތީބުން ތަމްރީނު ކުރުން ކަމަށާއި، މިބުރު ނިމުމުން 500 ޒުވާން ޚަތީބުން ތަމްރީނު ކުރެވޭނެ ކަމަށެވެ.

“މިބެޗްގައި 257 ޒުވާނުން ބައިވެރިވެއެވެ. އަމާޒަކީ މި ދައުރުގެ ތެރޭގައި 1 ހާސް ޚަޠީބުން ތަމްރީނު ކުރުމެވެ. 3 ވަނަ ބެޗް ނިމުމުން، ކުރީގެ ބެޗްތަކާ އެކު، ޖުމުލަ 500 ޚަޠީބުން ތަމްރީނުވީއެވެ.” ޑރ. ޝަހީމް ވިދާޅުވެފައިވެއެވެ.

ހަމައެއާއެކު ޑރ. ޝަހީމް ވަނީ، ދިވެހިރާއްޖޭގެ މުސްތަޤުބަލުގެ އިސްލާމީ ލީޑަރޝިޕްގެ ސަފުތައް މިއަދު ތަމްރީނު ކުރުމަކީ ކޮންމެހެން މުހިންމުކަމެއްކަން ފާހަގަ ކުރަށްވާފައެވެ.

ޑރ. ޝަހީމް މިހެން ވިދާޅުވެފައިވާއިރު، ޒުވާން ޚަތީބުން ތަމްރީންކުރުމުގެ ފުރަތަމަ ޕްރޮގްރާމްގައި 65 ޚަތީބުން ވަނީ ތަމްރީންކޮށްފަ އެވެ. އަދި ދެވަނަ ބުރުގައި 169 ޚަތީބުން ތަމްރީންވި އެވެ.

ޒުވާން ޚަޠީބުން ތަމްރީން ކުރުމަށް ސަރުކާރުން ހިންގާ މިޕްރޮގްރާމްގެ ތެރެއިން ޚަތީބުންނަށް ޚުތުބާ ކިޔުމަށާއި، އިމާމުވެ ނަމާދު ކުރުމަށާއި، ދީނާ ގުޅުން ހުރި އެހެނިހެން ޚާއްޞަ ތަމްރީނުތައް ފޯރުކޮށްދެއެވެ. ޒުވާން ޚަޠީބު ޕްރޮގްރާމަކީ ގްރޭޑް 10، 11 އަދި 12 ގައި އުޅޭ ދަރިވަރުންނަށާއި ސްކޫލް ނިމިފައިވާ ދަރިވަރުންނަށް ހުކުރު ކުރުމުގެ ހުއްދަ ދިނުމަށް ކުރިއަށްގެންދާ ޕްރޮގްރާމެކެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން