އައިޑީކާޑުގެ ޚިދުމަތް ދިނުމަށް ސޮއިކުރުމުގެ ރަސްމިއްޔާތު
އައިޑީކާޑުގެ ޚިދުމަތް ދިނުމަށް ސޮއިކުރުމުގެ ރަސްމިއްޔާތު
ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ޕްރިންޓުކޮށް ދޫކުރުމުގެ ޚިދުމަތް ހއ. ހޯރަފުށީގައި ފަށައިފިއެވެ.

ރާއްޖޭގެ މީހުން ދިރިއުޅޭ ކޮންމެ އަތޮޅަކުން އައިޑީ ކާޑު ޕްރިންޓްކޮށް ދޫކުރުމުގެ ޚިދުމަތް ފޯރުކޮށްދިނުމަކީ މި ސަރުކާރުގެ މުހިންމު ސިޔާސަތެކެވެ. އަދި މި ސިޔާސަތުގެ ދަށުން، 23 ރަށެއްގެ ކައުންސިލުން އައިޑީކާޑު ޕްރިންޓުކޮށް ދޫކުރުމުގެ ޚިދުމަތް ފަށާފައިވާ ކަމަށް ޑިޕާޓްމަންޓް އޮފް ނޭޝަނަލް ރަޖިސްޓްރޭޝަނުން މަޢުލޫމާތު ދީފައިވެއެވެ.

އެގޮތުން އެންމެ ފަހުން މި ޚިދުމަތް ފަށާފައިވަނީ ހއ. ހޯރަފުށީގައެވެ. ޑީއެންއާރުން ބުނީ، އައިޑީ ކާޑުގެ ޕްރިންޓްކޮށް ދޫކުރުމުގެ ޚިދުމަތް ހއ. ހޯރަފުށީގައި ފެށުމާއެކު އެ ސަރަޙައްދުގައި ދިރިއުޅޭ ރައްޔިތުންނަށް އަތޮޅުގައި ތިބެގެން އައިޑީ ކާޑު ހެއްދުމުގެ މަގު ފަހިވެ، ޚިދުމަތް އަވަސްވެގެން ދާނެ ކަމަށެވެ.

ޑީއެންއާރުން މިހާރު ވަނީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ޑީއެންއާރުގެ 174 ކަލެކްޓިން ސެންޓަރު ގާއިމު ކޮށްފައެވެ.

ރާއްޖޭގައި ފުރަތަމަ ފަހަރަށް އޮންލައިންކޮށް އައިޑީކާޑު ހެދުމުގެ މަަސައްކަތް ފެށީ ކޮވިޑާ ގުޅިގެން 2021 ގައެވެ. އަދި ކުރިން ބޭނުން ކުރަމުން އައި އޮންލައިން ޕޯޓަލްގެ ބަދަލުގައި ޑީއެންއާރު އޮންލައިން ޕޯޓަލެއް ގާއިމުކޮށް އަމިއްލައަށް ކާޑަށް ހުށަހެޅޭގޮތަށް ހަމަޖައްސާފައިވަނީ 2023 ވަނަ އަހަރުގެ މާރިޗު މަހުގެ ތެރޭގައެވެ.

އައިޑީކާޑު ޕްރިންޓްކޮށް ދޫކުރުމުގެ ޚިދުމަތް ރައްޔިތުންނާ ގާތުން ދިނުމުގެ ގޮތުން އެންމެ ފުރަތަމަ މާލެ ސަރަޙައްދުން ބޭރުން މި ޚިދުމަތް ޤާއިމުކޮށްފައިވަނީ ގއ.ވިލިނގިލީގައެވެ. އަދި ރާއްޖެއިން ބޭރުގައި އައިޑީ ކާޑުގެ ޚިދުމަތްތައް ދޭން ފެށި ފުރަތަމަ ޤައުމަކީ މެލޭޝިއާއެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން