ރައްޔިތުންގެ މަޖިލީހުން ފާސްނުކޮށް އެއްވެސް ޓެކުހެއް ނުވަތަ ފީއެއް ރައްޔިތުންގެ އަތުން ނުނެގޭނެ ކަމަށް ކެންދޫ ދާއިރާގެ ކުރީގެ މެންބަރު ޢަލީ ޙުސައިން ވިދާޅުވެއްޖެއެވެ.
ޢަލީ ޙުސައިން މިހެން ވިދާޅުވީ ބީއެމްއެލްގެ ޑެބިޓް ކާޑު ބޭނުންކޮށްގެން ބައެއް ސައިޓްތަކުން ކުރާ ވިޔަފާރިތަކުން 30 އިންސައްތައިގެ ފީއެއް ނަގަން ބީއެމްއެލް އިން ނިންމުމާ ގުޅިގެންނެވެ.
އެކަމާ ގުޅިގެން ޢަލީ ޙުސައިން ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުން ފާސްކުރާ ގާނޫނެއް ނެތި އެއްވެސް ޓެކްސެއް ނުވަތަ ފީއެއް ރައްޔިތުންގެ އަތުން ނުނެގޭނެ ކަމަށެވެ.
“މިއީ ކޮން ގާނޫނަކުން ބާރުލިބިގެން ނަގާ “ފީ” އެއް؟ ޓެކްސް އެކޭ ނުކިޔަންވެގެން ފީ އޭ ތިޔަކިޔަނީ ދޯ؟” ޢަލީ ޙުސައިން ވިދާޅުވެފައިވެއެވެ.
ޢަލީ ޙުސައިން މިހެން ވިދާޅުވެފައިވާއިރު، ބީއެމްއެލް އިން މިއަދު ވަނީ، ޓެމޫ، ޝީއިން، އަލީބާބާ، އަލީ އެކްސްޕްރެސް، ލަޒާޑާ އަދި އީބޭއިން ޑެބިޓް ކާޑުން ވިޔަފާރި ކުރާނަމަ 30 އިންސައްތައިގެ ފީއެއް ނަގާނެކަން އެ ކުންފުނީގެ ކަސްޓަމަރުންނަށް އަންގާފައެވެ.
އޭގެއިތުރުން އޭޓީއެމް މެދުވެރިކޮށް ރާއްޖޭން ބޭރުގައި ނަގުދު ފައިސާ ނެގޭނެ އަދަދަކީ މަހަކު 125 ޔޫއެސް ޑޮލަރު ކަމަށް ބޭންކުން ވަނީ ނިންމާފައެވެ. އަދި އޭޓީއެމްއިން ފައިސާ ނެގުމުން ޗާޖްކުރެވޭ އަދަދަކީ 10 ޔޫއެސްޑޮލަރު ކަމަށް ވެސް ބޭންކުން މަޢުލޫމާތު ދީފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު