ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓްގެ މަސައްކަތް އަންނަ ސެޕްޓެމްބަރު މަހަށް ނިންމާލެވޭނެ ކަމަށް އިމާރާތް ކުރުމާއި ގެދޮރުވެރިކަމާއި ބިނާރާ ބެހޭ ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބް ވިދާޅުވެއްޖެއެވެ.
މިއީ ރައީސް ސާލިޙުގެ ސަރުކާރުން އޮކްޓޯބަރ 2022 ގައި ފަށައިގެން ކުރިއަށް ގެންދިޔަ މަޝްރޫއެކެވެ. ހަނިމާދޫ އެއަރޕޯރޓް ތަރައްގީކުރުމުގެ މަޝްރޫޢުގެ ދަށުން 2465 މީޓަރުގެ ރަންވޭއެއް ތަރައްޤީ ކޮށްފައިވާއިރު މިއީ އެންމެ ބޮޑެތި މަތިންދާ ބޯޓު ޖެއްސޭނެ ފެންވަރަށް ތަރައްގީކުރާ އެއަރޕޯޓެކެވެ. މި މަޝްރޫޢުއަށް އިންޑިއާގެ އެގްޒިމް ބޭންކުން 136 މިލިއަން ޑޮލަރު (ދެ ބިލިއަން ރުފިޔާ) ހަރަދުކޮށްފައި ވެއެވެ.
މި މަޝްރޫޢުގެ އެންމެ ފަހުގެ އަދާހަމަ ޙިއްސާ ކުރަށްވަމުން ވަޒީރު މުއްތަލިބު ވިދާޅުވީ ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓުގެ މަސައްކަތް ދަނީ ތަވާލާ އެއްގޮތަށް ކަމަށެވެ. އެގޮތުން މުޅި މަޝްރޫއުގެ 88 އިންސައްތަ މަސައްކަތް ނިމިފައިވާ ކަމަށް ވަޒީރު ވިދާޅުވިއެވެ.
އޭގެއިތުރުން ވަޒީރު ވިދާޅުވީ މި މަޝްރޫއުގެ ދަށުން ރަންވޭގެ މަސައްކަތް އެއްކޮށް ނިމިފައިވާ ކަމަށެވެ. އަދި ޕެސެންޖާ ޓާމިނަލްގެ 83 އިންސައްތަ މަސައްކަތް ނިމިފައިވާއިރު އެއާ ޓްރެފިކް ކޮންޓްރޯލް ޓަވަރާއި ހެންގަރާއި ކާގޯ ބިލްޑިންގެ 96 އިންސައްތަ މަސައްކަތް ނިމިފައިވާ ކަމަށްވެސް ވަޒީރު ވަނީ ވިދާޅުވެފައެވެ.
މި އެއަރޕޯޓްގެ ރަންވޭގެ މަސައްކަތް ނިންމައި ބޭނުންކުރަން ފަށާފައިވާއިރު، މިމަޝްރޫޢު ނިމުމުން ބައިނަލްއަޤްވާމީ ދަތުރުތަކުގައި ބޭނުންކުރާ އެއަރބަސް އޭ 320 އާއި ބޮއިންގ 737 މަރުކާގެ ބޯޓުފަހަރަށް ހަނިމާދޫ އެއަރޕޯޓުން ޚިދުމަތް ދެވޭނެކަމަށް ސަރުކާރުން ބުނެއެވެ. އަދި މިއީ އަހަރަކު 1.5 މިލިއަން ފަސިންޖަރުންނަށް ޚިދުމަތް ދެވޭނެ، ޒަމާނީ ރީތި ފަސިންޖަރ ޓަރމިނަލެއް ހިމެނޭ ޕްރޮޖެކްޓެކެވެ.
ހަނިމާދޫ އެއާޕޯޓް އަންނަ ސެޕްޓެމްބަރަށް ނިމޭނެ ކަމަށް ވަޒީރު ވިދާޅުވެފައިވާއިރު، މޯލްޑިވިއަނުން މިހާރު ވަނީ ހަނިމާދޫ އާއި އިންޑިއާގެ ޓްރިވެންޑްރަމް އަދި ބެންގަލޫރާއި ދެމެދުގައި ދަތުރުތައް ފަށައިފައެވެ.

The development of Hanimaadhoo International Airport, financed through the India Exim Bank Line of Credit, remains on track for completion by September 2025. The overall progress stands at 88.7%, with runway construction fully completed. The passenger terminal has reached 83%… pic.twitter.com/vLbXd5NnDs
— Abdulla Muththalib (@muththo) July 1, 2025
މި އެއަރޕޯޓްގެ ރަންވޭގެ މަސައްކަތް ނިންމައި ބޭނުންކުރަން ފަށާފައިވާއިރު، މިމަޝްރޫޢު ނިމުމުން ބައިނަލްއަޤްވާމީ ދަތުރުތަކުގައި ބޭނުންކުރާ އެއަރބަސް އޭ 320 އާއި ބޮއިންގ 737 މަރުކާގެ ބޯޓުފަހަރަށް ހަނިމާދޫ އެއަރޕޯޓުން ޚިދުމަތް ދެވޭނެކަމަށް ސަރުކާރުން ބުނެއެވެ. އަދި މިއީ އަހަރަކު 1.5 މިލިއަން ފަސިންޖަރުންނަށް ޚިދުމަތް ދެވޭނެ، ޒަމާނީ ރީތި ފަސިންޖަރ ޓަރމިނަލެއް ހިމެނޭ ޕްރޮޖެކްޓެކެވެ.
ހަނިމާދޫ އެއާޕޯޓް އަންނަ ސެޕްޓެމްބަރަށް ނިމޭނެ ކަމަށް ވަޒީރު ވިދާޅުވެފައިވާއިރު، މޯލްޑިވިއަނުން މިހާރު ވަނީ ހަނިމާދޫ އާއި އިންޑިއާގެ ޓްރިވެންޑްރަމް އަދި ބެންގަލޫރާއި ދެމެދުގައި ދަތުރުތައް ފަށައިފައެވެ.
ކިޔުންތެރިންގެ ހިޔާލު