ތިލަމާލެ ބުރިޖުގެ ޕައިލްތައް ޖަހައި ނިމިފައިވާ ކަމަށް އިމާރާތް ކުރުމާއި ގެދޮރުވެރިކަމާއި ބިނާރާ ބެހޭ ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބް ވިދާޅުވެއްޖެއެވެ.
ތިލަމާލެ ބްރިޖަކީ ރައީސް ޞާލިހް ގެ ސަރުކާރުން ފެށި 500 މިލިއަން ޑޮލަރުގެ އަގުހުރި މަޝްރޫއެކެވެ. އިންޑިޔާގެ އެފްކޮންސް ކުންފުންޏާއި ހަވާލުކޮށްގެން ކުރިއަށް ގެންދާ ތިލަމާލެ ބްރިޖްގެ މަޝްރޫއުގެ ދަށުން، 6.695 ކިލޯ މީޓަރުގެ ބްރިޖާއި ކޯޒްވޭއެއް ހެދުމަށް ވަނީ ހަމަޖެހިފައެވެ.
މި މަޝްރޫޢުގެ އެންމެ ފަހުގެ އަދާހަމަ ޙިއްސާ ކުރަށްވަމުން ވަޒީރު މުއްތަލިބު ވިދާޅުވީ، މާލެ، ވިލިމާލެ، ތިލަފުށި އަދި ގުޅީފަޅު ގުޅުވާލާ ތިލަމާލެ ބުރިޖުގެ ޕައިލްތައް ޖަހައި ނިމިފައިވާ ކަމަށާއި، އެހެންކަމުން މުޅި މަޝްރޫގެ 60.48 އިންސައްތަ މިހާރު ވަނީ ނިމިފައި ކަމަށެވެ.
ހަމައެއާއެކު ވަޒީރު ވިދާޅުވީ، ތިލަމާލެ ބުރިޖު ތަރައްގީ ކުރުމުގައި އެންމެ ގޮންޖެހުން ބޮޑު މަސައްކަތަކީ ޕައިލްތައް ޖެހުން ކަމަށެވެ. އެ މަސައްކަތުގެ ތެރެއިން މިހާތަނަށް އެއްގަމާއި ކަނޑުގެ 68 ސަރަހައްދެއްގައި 263 ޕައިލް ޖަހައި، އެ މަސައްކަތް އެއްކޮށް ނިންމައިފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.
މާލެ, ވިލިމާލެ، ގުޅިފަޅު އަދި ތިލަފުށި ގުޅުވާލާ ބްރިޖުގެ މަސައްކަތް ފެށުމަށް އިންޑިއާގެ އެފްކޯންސް އިންފްރާސްޓްރަކްޗާ ކުންފުންޏާ އެކު އެއްބަސްވުމެއްގައި ސޮއިކޮށްފައި ވަނީ އޮގަސްޓު 26، 2021 ގައެވެ. އަދި ބްރިޖުގެ އަމަަލީ މަސައްކަތް ފަށާފައި ވަނީ އޮގަސްޓް 2، 2022 ގައެވެ.
މި ބްރިޖަކީ ފުން ހިސާބުތަކުގައި 141 ކިލޯމީޓަރުގެ މެރިން ވިއަޑަކްޓް، އަދި ތިލަ ހިސާބުތަކުގައި އަދި އެއްގަމުގައި 2.32 ކިލޯމީޓަރުގެ މެރިން ވިއަޑަކްޓް، އަދި 2.96 ކިލޯމީޓަރުގެ އެޓް-ގްރޭޑް މަގުތަކެއް ހިމެނޭހެން ހަތަރު ރަށުގެ މެދުގައިވާ ކަނޑުގެ ސަރަހައްދުގައި ހަދާ 140 މީޓަރުގެ ދިގު ނެވިގޭޝަން ބްރިޖެކެވެ.
އިންޑިއާގެ ހައި ކޮމިޝަނުން މިދިޔަ އޭޕްރިލް މަހު އެ މަޝްރޫއުގެ މައުލޫމާތު ހިއްސާކުރަމުން ބުނެފައި ވަނީ އެ މަޝްރޫއުގެ ދަށުން، ދުނިޔޭގެ ވެސް އެންމެ އުސް ކަނޑުއަޑީގެ ޕްރިކާސްޓް ތިލަމާލެ ބްރިޖުގައި ގާއިމުކޮށްފައި ވާކަމަށެވެ. އެ ޕްރީކާސްޓް ގައި 8.2 މީޓަރުގެ އުސްމިން ހުންނައިރު، 25.3 މީޓަރުގެ ފުޅާމިން ހުންނަ ކަމަށް އެ ކޮމިޝަނުން ބުނެފައިވެއެވެ.
މީގެ ކުރިން ވަޒީރު މުއްޠަލިބް ވިދާޅުވެފައިވަނީ، މިހާރު ކަނޑައަޅާފައިވާ ޝެޑިއުލްއާ އެއްގޮތަށް މަސައްކަތް ކުރިއަށްދާނަމަ، އަންނަ އަހަރުގެ ތެރޭގައި މާލެއާއި ވިލިމާލެ ގުޅާލެވޭނެ ކަމަށެވެ.

The piling work for the Thilamale Bridge has been successfully completed, marking the most challenging phase of the project. A total of 263 piles were installed across 68 onshore and offshore locations. With this milestone achieved, the project has now reached 60.84% completion.… pic.twitter.com/GlxUPs3IkZ
— Abdulla Muththalib (@muththo) July 1, 2025
މާލެ, ވިލިމާލެ، ގުޅިފަޅު އަދި ތިލަފުށި ގުޅުވާލާ ބްރިޖުގެ މަސައްކަތް ފެށުމަށް އިންޑިއާގެ އެފްކޯންސް އިންފްރާސްޓްރަކްޗާ ކުންފުންޏާ އެކު އެއްބަސްވުމެއްގައި ސޮއިކޮށްފައި ވަނީ އޮގަސްޓު 26، 2021 ގައެވެ. އަދި ބްރިޖުގެ އަމަަލީ މަސައްކަތް ފަށާފައި ވަނީ އޮގަސްޓް 2، 2022 ގައެވެ.
މި ބްރިޖަކީ ފުން ހިސާބުތަކުގައި 141 ކިލޯމީޓަރުގެ މެރިން ވިއަޑަކްޓް، އަދި ތިލަ ހިސާބުތަކުގައި އަދި އެއްގަމުގައި 2.32 ކިލޯމީޓަރުގެ މެރިން ވިއަޑަކްޓް، އަދި 2.96 ކިލޯމީޓަރުގެ އެޓް-ގްރޭޑް މަގުތަކެއް ހިމެނޭހެން ހަތަރު ރަށުގެ މެދުގައިވާ ކަނޑުގެ ސަރަހައްދުގައި ހަދާ 140 މީޓަރުގެ ދިގު ނެވިގޭޝަން ބްރިޖެކެވެ.
އިންޑިއާގެ ހައި ކޮމިޝަނުން މިދިޔަ އޭޕްރިލް މަހު އެ މަޝްރޫއުގެ މައުލޫމާތު ހިއްސާކުރަމުން ބުނެފައި ވަނީ އެ މަޝްރޫއުގެ ދަށުން، ދުނިޔޭގެ ވެސް އެންމެ އުސް ކަނޑުއަޑީގެ ޕްރިކާސްޓް ތިލަމާލެ ބްރިޖުގައި ގާއިމުކޮށްފައި ވާކަމަށެވެ. އެ ޕްރީކާސްޓް ގައި 8.2 މީޓަރުގެ އުސްމިން ހުންނައިރު، 25.3 މީޓަރުގެ ފުޅާމިން ހުންނަ ކަމަށް އެ ކޮމިޝަނުން ބުނެފައިވެއެވެ.
މީގެ ކުރިން ވަޒީރު މުއްޠަލިބް ވިދާޅުވެފައިވަނީ، މިހާރު ކަނޑައަޅާފައިވާ ޝެޑިއުލްއާ އެއްގޮތަށް މަސައްކަތް ކުރިއަށްދާނަމަ، އަންނަ އަހަރުގެ ތެރޭގައި މާލެއާއި ވިލިމާލެ ގުޅާލެވޭނެ ކަމަށެވެ.
ކިޔުންތެރިންގެ ހިޔާލު