ޕީއެންސީގެ ޖަގަހަ ޖަލްސާއެއް ކުރިޔަށްދަނީ
ޕީއެންސީގެ ޖަގަހަ ޖަލްސާއެއް ކުރިޔަށްދަނީ
ވެރިކަންކުރާ ޕީޕަލްސް ނޭޝަނަލް ކޮންގްރެސް ޕީއެންސީގެ މެންބަރުންގެ ޢަދަދު 68 ހާހަށް އަރައިފިއެވެ.

އިލެކްޝަންސް ކޮމިޝަނުން ޢާއްމު ކޮށްފައިވާ ސިޔާސީ ޕާޓީތަކުގެ ދަފްތަރުގެ އެންމެ ފަހުގެ އަދާހަމަ ދައްކާގޮތުން ވެރިކަންކުރާ ޕީއެންސީގައި މިވަގުތު ތިބީ 68665 މެންބަރުންނެވެ. މިއީ މިދިޔަ ޖެނުއަރީމަހު އެޕާޓީގައި ތިބި 68968 މެންބަރުންނާ އަޅާބަލާއިރު 303 މެންބަރުން މަދު ޢަދަދެކެވެ.

އީސީގެ ދަފްތަރުގައި އިދިކޮޅު އެމްޑީޕީއަށް 6 މަސްތެރޭގައި އިތުރުވެފައިވަނީ 10 މެންބަރުންނެވެ. މިދިޔަ ޖެނުއަރީ މަހު 43755 މެންބަރުންތިބި އެމްޑީޕީގައި ޖޫން މަސް ނިމުނުއިރު ތިބީ 43765 މެންބަރުންނެވެ.

ތިންވަނައިގައި 13456 މެމްބަރުންނާއެކު ޖޭޕީ އޮތް އިރު ހަތަރުވަނައިގައި އޮތީ 9011 މެބްބަރުންނާއެކު އެމްޑީއޭ އެވެ. އަދި ފަސް ވަނައިގައި 8844 މެންބަރުންނާއެކު އޮތީ އަދާލަތު ޕާޓީއެވެ.

6000 މެމްބަރުންނަށް ވުރެ ދަށުގައި ތިން ޕާޓީ އޮތް އިރު އެއީ 5836 މެމްބަރުން ތިބި އެމްއެންޕީއާއި 3547 މެންބަރުން ތިބި ދަ ޑިމޮކްރެޓްސް އަދި 3046 މެމްބަރުން ތިބި ކުރީގެ ރައީސް ޔާމީންގެ ޕީއެންއެފްއެވެ.

އީސީން ޕާޓީތަކުގެ ދަފްތަރުގެ އެންމެފަހުގެ އަދާހަމަ ޢާއްމު ކޮށްފައިވާއިރު ދާދިފަހުން ވެރިކަންކުރާ ޕީއެންސީން ހިންގާފައިވާ މެންބަރޝިޕް ޑްރައިވްގައި މީސްމީހުންނަށް ނޭނގި އެމީހުންގެ ނަމުގައި އީސީއަށް ފޯމްތަކެއް ހުށައަޅާފައިވާ ކަމަށް އިދިކޮޅު އެމްޑީޕީން ވަނީ ތުހުމަތު ކޮށްފައެވެ.

ނަމަވެސް އެމްޑީޕީގެ ތުހުމަތުތައް ޕީއެންސީން ވަނީ ދޮގުކޮށްފައެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން