މޭޔަރ އާދަމް އާޒިމް، ފޮޓޯ: މާލެ ސިޓީ ކައުންސިލް
މޭޔަރ އާދަމް އާޒިމް، ފޮޓޯ: މާލެ ސިޓީ ކައުންސިލް
ބުޅާތައް މަރުވާތަން ބަލަން ދޫކޮށްލައިގެން ތިބުމަކީ ސަރުކާރުން ކުރާ ވަރަށް އަނިޔާވެރި އަމަލެއް ކަމަށް މާލެ ސިޓީގެ މޭޔަރ އާދަމް އާޒިމް ވިދާޅުވެއްޖެއެވެ.

މޭޔަރ މިފަދައިން ވިދާޅުވީ މާލޭގެ މަގުތަކުން މަރުވެފައިވާ ބުޅާ ފެންނަ ކަމަށް ބުނެ އާންމު ރައްޔިތަކު ސޯޝަލް މީޑިއާގައި ހިއްސާ ކުރެއްވި ޕޯސްޓަކާ ގުޅިގެންނެވެ.

މިކަމާ ގުޅިގެން ކަންބޮޑުވުން ފާޅުކުރަމުން މޭޔަރ ވިދާޅުވީ މަރުވާ ބުޅާތައްވެސް އަދި އެހެން އެއްޗެހިވެސް ނަގަނީ މާލެ ސިޓީ ކައުންސިލުން ކަމަށާއި، އެނިމަލް ވެލްފެއާ މިނިސްޓްރީން ކުރާ ކަމެއް ނޯންނަކަމަށެވެ.

އަދި މާލެ ސިޓީ ކައުންސިލުން ހެދި ބުޅާ ފެސިލިޓީވެސް ގަދަކަމުން އަތުލައިގެން، އަމިއްލަ މީހުންގެ ބުޅާ އެތަނަަށް ލައިގެން އުޅޭ ހަބަރު ލިބޭ ކަމަށްވެސް މޭޔަރ ވިދާޅުވިއެވެ. އެ ބުޅާ ފެސިލިޓީއަކީ މަގުމަތީގައި އުޅޭ ބުޅާތައް ލުމަށް ކައުންސިލުން ހެދި ތަނެއް ކަމަށް މޭޔަރ ވިދާޅުވިއެވެ.

"ނަމަވެސް އަދިވެސް ބުޅާތައް އެތަނަށް ނުގެންގޮސް، ރައްޔިތުން ބުޅާ ނަޖިހުގަ އުޅެން ޖައްސާފަ، އަދި ބުޅާތައް މަރުވާން ދޫކޮށްލައިގެން ސަރުކާރުން އެތިބީ." މޭޔަރ ވިދާޅުވިއެވެ.

މިގޮތަށް ބުޅާތައް މަރުވާން ދޫކޮށްލައިގެން، ރައްޔިތުން ނަޖިހުގަ ބައިތިއްބައިގެން ސަރުކާރުން ތިބުމަކީ ވަރަށް އަނިޔާވެރި އަދި ޒިންމާދާރުކަން ކުޑަ އަމަލެއް ކަމަށް މޭޔަރ ވިދާޅުވިއެވެ.

"ބުޅާތައް ލާނެ ތަނެއް ނެތިގެން މިހާރު ތިބޭކަށް ނުޖެހޭނެ، އެހެރީ އެތަން އެމްސީސީން ހަދާދީފަ." މޭޔަރ ވިދާޅުވިއެވެ.

އެހެންކަމުން މަގުމަތީގައި އުޅޭ ބުޅާތައް ވަގުތުން ބުޅާ ފެސިލިޓީއަށް ގެންދިއުމަށް މޭޔަރ ވަނީ ގޮވާލައްވާފައެވެެ.



މާލޭގެ ފުރަތަމަ ބުޅާ ފެސިލިޓީ "އޮޅުހިޔާ" ހުޅުވީ މިދިތަ ނޮވެމްބަރު މަހުއެވެ. އެ ފެސިލިޓީއަށް މިއަހަރު އޭޕްރީލް މަހާ ހަމައަށް ގެންގޮސްފައިވަނީ 30 ބުޅަލެވެ.

އޮޅުހިޔާއަށް ބުޅާތައް ނުގެންގޮސް ލަސްވާތީ މީގެ ކުރިންވެސް މާލެ ސިޓީ ކައުންސިލުން ވަނީ އެކަން ކުއްވެރިކޮށް، އަވަަހަށް ބުޅާތައް ފެސިލިޓީއަށް ގެންދިއުމަށް ގޮވާލާފައެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން