ހަނިމާދޫ އެއަރޕޯޓް ވިއްކާލާ ކަމަށްބުނެ ރައީސް ޔާމީން ހެދީ ބުހުތާނު ދޮގެއް ކަމަށް އިޤްތިޞާދީ ތަރައްޤީއާ ބެހޭ ވަޒީރު މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ.
ސައީދު މިހެން ވިދާޅުވީ، ހަނިމާދޫ އެއާޕޯޓް، އިންޑިއާގެ އަދާނީ ގުރޫޕަށް ވިއްކާލަން ސަރުކާރުން އުޅޭ ކަމަށް މައުލޫމާތު ލިބިފައިވާ ކަމަށް ރައީސް ޔާމީން ވިދާޅުވުމާ ގުޅިގެން އެކަމަށް ރައްދު ދެއްވުމުގެ ގޮތުންނެވެ. އެގޮތުން ރައީސް ޑރ. މުއިއްޒު މިދިޔަ ހަފުތާގައި ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅުގައި އަދާނީ ގުރޫޕުގެ ޗެއާމަން ގޯތަމް އަދާނީއާ ބައްދަލުކުރި ކަމަށް ރައީސް ޔާމީން ވިދާޅުވެފައިވެއެވެ.
ރައީސް ޔާމީންގެ އެ ވާހަކަތަކަށް ރައްދު ދެއްވަމުން ސައީދު ވިދާޅުވީ، ހަނިމާދޫ އެއަރޕޯޓް ބޭރުގެފަރާތަކަށް ވިއްކާލަން ނުވަތަ ކުއްޔަށްދޭން އުޅޭކަމަށްބުނެ ފަތުރަމުންދާ ވާހަކައާއި، މިކަމާއި ގުޅޭގޮތުން ސިންގަޕޫރުގައި ބަޔަކާއި ބައްދަލުކުރި ކަމަށްބުނެ ފަތުރަމުންދާ ވާހަކަތަކުގައި އަސްލެއް ނެތް ކަމަށެވެ.
“ފަތުރަމުންދާ ވާހަކަތަކަކީ ބުހުތާނުދޮގެއް.” ސަޢީދު ވިދާޅުވިއެވެ.
ހަނިމާދޫ އެއަރޕޯޓް އިންޑިއާގެ ކުންފުންޏަކަށް ވިއްކާލަން އުޅޭކަމަށް ރައީސް ޔާމީން ވިދާޅުވެފައިވާއިރު، އިންޑިއާގެ ބޮޑުވަޒީރު މޯދީ މިމަހު ރާއްޖެއަށް ރަސްމީ ދަތުރުފުޅެއްގައި ވަޑައިގަތުމަށް ހަމަޖެހިފައިވާކަމުގެ އަޑުތައް ވަނީ ގަދަވެފައެވެ.
ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓަކީ ރައީސް ސާލިޙުގެ ސަރުކާރުން އޮކްޓޯބަރ 2022 ގައި ފަށައިގެން ކުރިއަށް ގެންދިޔަ މަޝްރޫއެކެވެ. ހަނިމާދޫ އެއަރޕޯރޓް ތަރައްގީ ކުރުމުގެ މަޝްރޫޢުގެ ދަށުން 2465 މީޓަރުގެ ރަންވޭއެއް ތަރައްޤީ ކޮށްފައިވާއިރު މިއީ އެންމެ ބޮޑެތި މަތިންދާ ބޯޓު ޖެއްސޭނެ ފެންވަރަށް ތަރައްގީކުރާ އެއަރޕޯޓެކެވެ. މި މަޝްރޫޢުއަށް އިންޑިއާގެ އެގްޒިމް ބޭންކުން 136 މިލިއަން ޑޮލަރު (ދެ ބިލިއަން ރުފިޔާ) ހަރަދުކޮށްފައި ވެއެވެ.
ހަނިމާދޫ އެއަރޕޯޓްގެ ރަންވޭގެ މަސައްކަތް ނިންމައި ބޭނުންކުރަން ފަށާފައިވާއިރު، މިމަޝްރޫޢު ނިމުމުން ބައިނަލްއަޤްވާމީ ދަތުރުތަކުގައި ބޭނުންކުރާ އެއަރބަސް އޭ 320 އާއި ބޮއިންގ 737 މަރުކާގެ ބޯޓުފަހަރަށް ހަނިމާދޫ އެއަރޕޯޓުން ޚިދުމަތް ދެވޭނެކަމަށް ސަރުކާރުން ބުނެއެވެ. އަދި މިއީ އަހަރަކު 1.5 މިލިއަން ފަސިންޖަރުންނަށް ޚިދުމަތް ދެވޭނެ، ޒަމާނީ ރީތި ފަސިންޖަރ ޓަރމިނަލެއް ހިމެނޭ ޕްރޮޖެކްޓެކެވެ.

ކިޔުންތެރިންގެ ހިޔާލު