މަރްޔަމް ނަހްދާ ވަޙީދު   7 ޖުލައި 2025 - 16:13
އެޗްޑީސީގެ އެމްޑީ މައުރޫފް
އެޗްޑީސީގެ އެމްޑީ މައުރޫފް
ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ)ގެ މެނޭޖިން ޑިރެކްޓަރު މައުރޫފް ޖަމީލު މަގާމުން ރިޓަޔަރ ކުރައްވަން ނިންމަވައިފިއެވެ.

އެޗްޑީސީގެ އެމްޑީ ކަމާއި މައުރޫފް ހަވާލުވީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ 22 ވަނަ ދުވަހުއެވެ.

ނަމަވެސް އެ މަގާމުން ރިޓަޔަރ ކުރަން ނިންމަވާފައިވާކަން މައުރޫފް ވަނީ އެ ކުންފުނީގެ މުވައްޒަފުންނަށް މިއަދު އަންގާފައެވެ.

މައުލޫމާތު ލިބޭ ގޮތުގައި މައުރޫފް އެޗްޑީސީން ވަކިވާން ނިންމާފައިވަނީ ލުއިކޮށް މަސައްކަތް ކުރެވޭނެ އެހެން މަގާމަކަށް ބަދަލުވުމަށްޓަކައެވެ.

މައުރޫފް ވަނީ މީގެ ކުރިން އެޗްޑީސީ އުފެއްދުމުގެ ކުރިން، ހުޅުމާލޭ ތަރައްގީ ކުރުމުގެ މަސައްކަތް ކުރި ހުޅުމާލޭ ތަރައްގީ ކުރުމާ ބެހޭ ޔުނިޓުގެ ޑިރެކްޓަރު ޖެނެރަލްގެ މަގާމުގެ އިތުރުން ކޮންސްޓްރަކްޝަން އެންޑް ޕަބްލިކް އިންފްރާސްޓްރަކްޗާ މިނިސްޓަރުކަންވެސް ކުރައްވާފައެވެ.

އަދި އެޗްޑީސީ އާއި އެޗްޑީއެފްސީގެ މުހިއްމު މަގާމުތަކެއްގެ އިތުރުން އާކިޓެކްޗާ ހެރިޓޭޖުގެ ދާއިރާއިންވެސް މައުރޫފް ވަނީ ގިނަ މަސައްކަތްތަކެއް ކުރައްވާފައެވެ.



ކިޔުންތެރިންގެ ހިޔާލު