ވިޒިޓް މޯލްޑިވްސްގެ އެމްބެސެޑަރަކަށް ޓޫ އޮފް އަސް ހަމަޖެއްސުން، ފޮޓޯ: އެމްއެމްޕީއާރްސީ
ވިޒިޓް މޯލްޑިވްސްގެ އެމްބެސެޑަރަކަށް ޓޫ އޮފް އަސް ހަމަޖެއްސުން، ފޮޓޯ: އެމްއެމްޕީއާރްސީ
ވިޒިޓް މޯލްޑިވްސްގެ ފުރަތަމަ ލޯކަލް އެމްބެސެޑަރަކަށް ކުރިއަރަމުން އަންނަ މިއުޒިކް ބޭންޑް "ޓޫ އޮފް އަސް" ހަމަޖައްސައިފިއެވެ.

އެމްއެމްޕީއާރްސީން މިއަދު އެކްސްގައި ހިއްސާ ކުރި ޕޯސްޓެއްގައި ބުނީ ރާއްޖޭގެ ޓޫރިޒަމް ކުރިއެރުވުމާ އެކު، ދިވެހި ފަންނުވެރިންގެ އުފެއްދުންތަކާއި ރާއްޖޭގެ ސަގާފަތާއި ތަރިކަ ދުނިޔެއަށް ޕްރޮމޯޓްކުރަން އިއްޔެ ހުޅުވާލި "ވިޒިޓް މޯލްޑިވްސްގެ ދިވެހި އެމްބެސެޑާޝިޕް" ޕްރޮގްރާމް ފެށުމުގެ ގޮތުން އެ ޕްރޮގްރާމްގެ ފުރަތަމަ ބައިވެރިޔަކަށް "ޓޫ އޮފް އަސް" ހަމަޖައްސާފައިވާ ކަމަށެވެ.

ޓޫ އޮފް އަސް ވަނީ އިންޑިއާގައި ބޭއްވި ސަރަހައްދީ ފެންވަރުގެ ރިއަލިޓީ ޝޯ، "ބެޓަލްސް އޮފް ބޭންޑްސް އިންޓަނޭޝަނަލް" ގެ ތިން ވަނަ ހޯދާފައެވެ.

އޭގެ ފަހުން ބޮލީވުޑްގެ ބައެއް ފަންނާނުންނާއެކު އެ ބޭންޑުން ވަނީ އޮލިމްޕަހުގައި ހައުސްފުލް ދެ ޝޯ ވެސް ބާއްވައިފައެވެ.

މި ބޭންޑުން މިހާރު އަމާޒު ހިފާފައިވަނީ ދުނިޔޭގައި ބާއްވާ އެންމެ ބޮޑު އެއް ރިއަލިޝީ ޝޯ "ބްރިޓެއިންސް ގޮޓް ޓެލެންޓު" ގެ 19 ވަނަ ސީޒަނަށެވެ.

އެމްއެމްޕީއާރްސީން ބުނީ ''ޓޫ އޮފް އަސް' ވިޒިޓް މޯލްޑިވްސްގެ އެމްބެސެޑަރަކަށް ހަމަޖެއްސި ނަމަވެސް، އަދިވެސް އިތުރު ލޯކަލް އެމްބެސެޑަރުން ހަމަޖައްސާނެ ކަމަށެވެ.

މި ލޯކަލް އެމްބެސެޑަރޝިޕް ޕްރޮގްރާމަކީ ޑެސްޓިނޭޝަން އިނިޝިއޭޓިވްސް ފުޅާކޮށް ރާއްޖެ ފަތުރުވެރިންނަށް އިޝްތިހާރުކުރުމާއި، ލޯކަލް ކްރިއޭޓިވް ކޮމިއުނިޓީއާއި ދެމެދު ގުޅުންބަދަހިކުރުމަށް އެ ކުންފުނިން ގެންގުޅޭ ސްޓްރެޓެޖީގެ ދަށުން ކުރިއަށްގެންދާ ހަރަކާތެއްކަމަށް އެމްއެމްޕީއާރްސީން ވަނީ ބުނެފައެވެ.



ކިޔުންތެރިންގެ ހިޔާލު