ގުޅީފަޅު ގޯތީގެ އެއްބަސްވުން ބަދަލުކުރާތީ ހުށައެޅި މައްސަލަ މަޖިލީހުން ބޭރުކޮށްލައިފިއެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއަށް ގަލޮޅު އުތުރު ދާއިރާގެ އެމްޑީޕީ މެމްބަރު މުހައްމަދު އިބްރާހިމް (ކުޑޫ) ހުށައެޅުއްވި މައްސަލާގައި ބުނެފައިވަނީ، ބިންވެރިޔާ ސްކީމުގެ ދަށުން، ގުޅިފަޅުން ގޯތި ލިބުނު މީހުންނާއެކު، ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ޞާލިޙުގެ ސަރުކާރުން ހެދި އެއްބަސްވުން އުވާލައި މި ސަރުކާރުން އާ އެއްބަސްވުމެއް ހަދަން ނިންމާފައިވާ ކަމަށެވެ.
އެގޮތުން ކުޑޫ ވިދާޅުވީ ކުރީ ސަރުކާރުން އެކުލަވާލި އެއްބަސްވުން މި ސަރުކާރުން އުވާލައި ގޯތި ދިނުމުގެ އުސޫލަށް ބަދަލު ގެނައުމަށް ފަހު އަލަށް ހެދި އުސޫލުގެ ދަށުން އެކުލަވާލި އެއްބަސްވުމުގައި ސޮއިކުރުމަށް ގޯތި ލިބުނު މީހުންނަށް މަޖުބޫރުކޮށްފައިވާ ކަމަށެވެ.
ނަމަވެސް ސަރުކާރުން އަމިއްލަ ފަރުދުންނާއެކު ހިންގައި ނިންމާފައިވާ މުއާމަލާތެއް ސަރުކާރުން އަމިއްލައަށް އުވާލައި އެއްބަސްވުމުގެ ދަށުން ދެ ފަރާތުގެ ދެމެދުގައި އެއްބަސްވާ ކަންކަން އަމިއްލައަށް ކަނޑައެޅުމަށް ފަހު، އެ އެއްބަސްވުމުގައި ސޮއިކުރަން މަޖުބޫރުކުރުމަކީ ކޮންޓްރެކްޓާ ބެހޭ ގާނޫނާ ކަނޑައެޅިގެން ހިލާފު ކަމެއްކަން ކުޑޫގެ މައްސަލާގައި ފާހަގަ ކުރަށްވާފައިވެއެވެ.
އަދި މިއީ ރައްޔިތުންގެ ޙައްޤުތައް ގެއްލި، ރައްޔިތުންގެ ދިރިއުޅުމާއި އަދި އިޖުތިމާއީ ހާލަތާއި ސީދާ ގުޅިފައިވާ ކަމަށްވާތީ އެކަމަށް ޙައްލެއް ހޯދައިދިނުމަށް ކުޑޫގެ ކުއްލި މައްސަލާގައި ގޮވާލާފައިވެއެވެ.
ކުޑޫ މަޖިލީހަށް މިއަދު ހުށައެޅުއްވި މި މައްސަލަ ބަލައިގަންނަން ވޯޓު ދެއްވީ 12 މެމްބަރުންނެވެ. މައްސަލަ ބަލައިނުގަތުމަށް 34 މެމްބަރުން ވޯޓު ދެއްވިއެވެ.
ގުޅީފަޅު ގޯތީގެ އެއްބަސްވުން ބަދަލުކުރާތީ މަޖިލީހަށް ހުށައެޅި ކުއްލި މައްސަލަ ބޭރުކޮށްލާފައިވާއިރު، ބިންވެރިކާ ސްކީމްގެ ދަށުން ގުޅީފަޅުން ގޯތި ދީފައިވާ ފަރާތްތަކުގެ އެއްބަސްވުމަށް ބަދަލު ގެނެސްފައިވަނީ ގާނޫނާއި ފުށޫ އަރާތީ ކަމަށް ގެދޮރުވެރިކަމާއި ބިމާއި އުމްރާނީ ތަރައްގީއާ ބެހޭ ވަޒީރު ޑރ. އަބްދުﷲ މުއްތަލިބް ވަނީ ވިދާޅުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު