ރ. ފައިނުގައި މިދިޔަ މަހުގެ 26 ވަނަ ދުވަހުގެ ރޭ ހިނގި އެކްސިޑެންޓުގައި އަނިޔާވި ޓީޗަރާއި ދެ ކުދިން ވޯޑަށް ބަދަލުކޮށްފައިވާ ކަމަށް އައިޖީއެމްއެޗުން ހާމަކޮށްފިއެވެ.
ފައިނު ސޯސަންމަގުގައި އެކްސިޑެންޓް ހިނގީ 18 އަހަރުން ދަށުގެ ކުއްޖަކާއި ފައިނު ސްކޫލްގެ ދަރިވަރަކު ދުއްވި ސައިކަލެެއް މަގުމަތީގައި ކަސްރަތަށް ހިނގަން ނުކުމެ އުޅުނު އެ ރަށު ސްކޫލްގެ ޕްރިންސިޕަލާއި ޓީޗަރެއްގެ ގައިގައި ޖެހިގެންނެވެ.
މި އެކްސިޑެންޓާ ގުޅިގެން އައިޖީއެމްއެޗްގައި ފަރުވާދެމުންދަނީ 49 އަހަރުގެ ޓީޗަރަކަށާއި، 16 އަހަރާއި 14 އަހަރުގެ ދެ ފިރިހެން ކުދިންނަށެވެ. މި އެންމެންވެސް މިހާރު ވަނީ ވޯޑަށް ބަދަލު ކޮށްފައެވެ.
މި އެކްސިޑެންޓުގައި އަނިޔާވި، ފައިނު ސްކޫލްގެ ޕްރިންސިޕަލަށް އުނގޫފާރު ރީޖަނަލް ހޮސްޕިޓަލުގައި ފަރުވާ ދިނުމަށްފަހު ވަނީ ދޫކޮށްލާފައެވެ.
ފުލުހުން ބުނެފައިވަނީ، އެ އެކްސިޑެންޓުގައި ހިމެނޭ ސައިކަލު ޓޯކޮށް މައްސަލަ އިތުރަށް ތަހުގީގު ކުރަމުންދާ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު