ހުޅުމާލޭ ހޮސްޕިޓަލަށް ދިމާވާ މައްސަލަތައް ހައްލު ކުރުމަށް ހުޅުމާލެ ދެކުނު ދާއިރާގެ މެމްބަރު ޑރ. އަހުމަދު ޝަމްހީދު މަޖިލީހަށް ހުށައެޅުއްވި މައްސަލަ ޕީއެންސީގެ މަޖިލީސް މެންބަރުން ބޭރުކޮށްލައިފިއެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއަށް ޑރ. ޝަމްހީދު ހުށައެޅުއްވި މައްސަލާގައި ބުނެފައިވަނީ، ހުޅުމާލެ ހޮސްޕިޓަލުން ހިދުމަތް ދިނުމަށް ދަތިތަކެއް ހުރި ކަމަށާއި އެ ހޮސްޕިޓަލުގެ ހިންގުން ހުއްޓުމަކަށް އައުމުގެ ބިރު އޮތް ކަމަށެވެ.
އެގޮތުން މިހާރު ޕްރައިވެޓް ކްލިނިކް ތަކުގެ އަގު އިންތިހާއަށް ބޮޑުވެފައިވާތީ، ގިނަ އަދަދެއްގެ ރައްޔިތުން ހުޅުމާލެ ހޮސްޕިޓަލަށް ދާން މަޖުބޫރުވެފައިވާކަން ޑރ. ޝަމްހީދު ފާހަގަ ކުރެއްވިއެވެ. އަދި އެ ހޮސްޕިޓަލުން މަހަކު އެވްރެޖުކޮށް 15،000 އަށްވުރެ ގިނަ މީހުން ހިދުމަތް ހޯދާ ކަމަށާއި ހިދުމަތުގެ ފެންވަރު ދަށްވެގެން ގިނަ ބަޔަކު ޝަކުވާ ކުރަމުންދާކަމަށްވެސް ޑރ. ޝަމްހީދު ހުށައެޅުއްވި މައްސަލާގައިވެއެވެ.
ޝަމްހީދު ހުށައެޅުއްވި ކުއްލި މައްސަލާގައި ފާހަގަ ކުރަށްވާފައިވާ ކަންތައްތަކުގެ ތެރޭގައި، އެކަށީގެންވާ މިންވަރަށް މުވައްޒަފުން ނެތުމާއި، ގިނައިރު މަސައްކަތްކަތްކުރަން ޖެހުމުން، ބަލިމީހުން ބެލުމުގައި ފޯކަސް ގެއްލުމާއި، އިތުރުގަޑީގެ ފައިސާ ދިނުން ހުއްޓައިލުމާ ގުޅިގެން ޑޮކްޓަރުން އިތުރަށް މަސައްކަތްކުރުމަށް ބޭނުންނުވުމާއި، އިންޓަވެންޝަނަލް ކާޑިއޮލޮޖިސްޓަކާއި ނިއުރޯލޮޖިސްޓެއް ނެތުމުގެ އިތުރުން ހޮސްޕިޓަލްގެ ކަރަންޓަށް ދިމާވެފައިވާ މައްސަލަތައް ހިމެނެއެވެ.
މިއަދުގެ ޖަލްސާގައި މި މައްސަލަ ބަލައިގަނެ، ބަހުސްކުރަން ފެނޭތޯ ނެގި ވޯޓުގައި މައްސަލަ ބަލައިގަންނަން ވޯޓު ދެއްވީ އެންމެ 10 މެންބަރުންނެވެ. މައްސަލަ ބޭރުކޮށްލަން ވެރިކަން ކުރާ ޕީއެންސީއަށް ނިސްބަތްވާ 37 މެންބަރުން ވޯޓު ދެއްވިއެވެ.

ކިޔުންތެރިންގެ ހިޔާލު