ގައުމުގެ ކަންކަން އިއާދަ ނުކުރެވޭ ހިސާބަށް ދިޔުމުގެ ކުރިން ރައްޔިތުންނަށް އެންމެ ރަނގަޅު ގޮތަކަށް ވާނީ ވެރިކަމުން ދުރަށް ޖެހިވަޑައިގެންނެވުން ކަމަށް އެމްޑީޕީގެ ޗެއަރޕާސަން ފައްޔާޒު އިސްމާޢީލް ވިދާޅުވެއްޖެއެވެ.
ފައްޔާޒް މިހެން ވިދާޅުވީ އެމްޑީޕީ ސަރުކާރުން ހިންގި ބިންވެރިޔާ ސްކީމުގެ ދަށުން ގުޅީފަޅުން ގޯތި ލިބުނު މީހުންގެ އެއްބަސްވުންތައް އިސްލާހުނުކޮށް ސޮއިކުރަން ހައުސިން މިނިސްޓްރީން ނިންމުމާ ގުޅިގެންނެވެ.
މިގޮތަށް ނިންމާފައިވަނީ ބިންވެރިޔާ ސްކީމުގެ ދަށުން ގުޅީފަޅުން ގޯތި ލިބުނު މީހުންގެ އެއްބަސްވުމަށް ބަދަލުތަކެއް ގެންނަން ސަރުކާރުން ނިންމުމުން، އެކަމާ ގިނަ ބަޔަކު ނުރުހުން ފާޅުކުރަމުންދަނިކޮށެވެ.
މިކަމާ ގުޅޭގޮތުން ފައްޔާޒު އެކްސްގައި ވިދާޅުވީ ސަރުކާރުން ކުރާ ކޮންމެ ކަމެއް ފަހުން ބަދަލުކުރަން ޖެހުމުން "އުނބަށް ޖެހީޔޭ" ރައްޔިތުން ބުނާނެ ކަމަށާއި އެހެން ނަމަވެސް ގޯސްކޮށް ކޮންމެ ކަމެއް ކޮށްފައި ވެސް ބޮޑެތި ގެއްލުންތަކެއް ގައުމަށް ލިބޭ ފަހުން މަޖުބޫރުވެގެން ވެސް ރަނގަޅު ކުރާކަން އެއީ ވަރަށް ބޮޑު ނަސީބެއް ކަމަށެވެ.
އަދި ގައުމާއި ރައްޔިތުން ދެކެ އެއްވެސް ވަރެއްގެ ލޯތްބެއް އޮތްނަމަ ހިތާހިތުން އެ ސުވާލުކޮށްލާ އިއާދަނުކުރެވޭ ހިސާބަށް ކަންކަން ދިއުމުގެ ކުރިން ގައުމާއި ރައްޔިތުންނަށްޓަކައި ވެރިކަމުން ދުރަށް ޖެހިލުން އެއީ އެންމެ ފައިދާ ހުރި ގޮތްކަމަށް ފައްޔާޒު ވިދާޅުވެފައިވެއެވެ.
ފައްޔާޒު މިހެން ވިދާޅުވެފައިމިވަނީ، މި ސަރުކާރުން ނިންމާ ނިންމުންތައް މާ ގިނަ ދުވަހެއް ނުވެ ދިމާ އިދިކޮޅަށް ނިންމާކަމަށް ބުނެ ގިނަ ބަޔަކު އެކަން ފާހަގަ ކުރަމުން ދަނިކޮށެވެ.

ސަރުކާރުން ކުރާ ކޮންމެ ކަމެއް ފަހުން ބަދަލުކުރަން ޖެހުމުން "އުނބަށް ޖެހީޔޭ" ރައްޔިތުން ބުނާނެ. އެހެން ނަމަވެސް ގޯސްކޮށް ކޮންމެ ކަމެއް ކޮށްފައި ވެސް ބޮޑެތި ގެއްލުންތަކެއް ގައުމަށް ލިބޭ ފަހުން މަޖުބޫރުވެގެން ވެސް ރަނގަޅު ކުރާކަން އެއީ ވަރަށް ބޮޑު ނަސީބެއް. މިހާ ހިސާބަށް ކަންކަން… https://t.co/MiVroBCWVT
— Fayyaz Ismail (@faya_i) July 9, 2025
މިކަމާ ގުޅޭގޮތުން ފައްޔާޒު އެކްސްގައި ވިދާޅުވީ ސަރުކާރުން ކުރާ ކޮންމެ ކަމެއް ފަހުން ބަދަލުކުރަން ޖެހުމުން "އުނބަށް ޖެހީޔޭ" ރައްޔިތުން ބުނާނެ ކަމަށާއި އެހެން ނަމަވެސް ގޯސްކޮށް ކޮންމެ ކަމެއް ކޮށްފައި ވެސް ބޮޑެތި ގެއްލުންތަކެއް ގައުމަށް ލިބޭ ފަހުން މަޖުބޫރުވެގެން ވެސް ރަނގަޅު ކުރާކަން އެއީ ވަރަށް ބޮޑު ނަސީބެއް ކަމަށެވެ.
އަދި ގައުމާއި ރައްޔިތުން ދެކެ އެއްވެސް ވަރެއްގެ ލޯތްބެއް އޮތްނަމަ ހިތާހިތުން އެ ސުވާލުކޮށްލާ އިއާދަނުކުރެވޭ ހިސާބަށް ކަންކަން ދިއުމުގެ ކުރިން ގައުމާއި ރައްޔިތުންނަށްޓަކައި ވެރިކަމުން ދުރަށް ޖެހިލުން އެއީ އެންމެ ފައިދާ ހުރި ގޮތްކަމަށް ފައްޔާޒު ވިދާޅުވެފައިވެއެވެ.
ފައްޔާޒު މިހެން ވިދާޅުވެފައިމިވަނީ، މި ސަރުކާރުން ނިންމާ ނިންމުންތައް މާ ގިނަ ދުވަހެއް ނުވެ ދިމާ އިދިކޮޅަށް ނިންމާކަމަށް ބުނެ ގިނަ ބަޔަކު އެކަން ފާހަގަ ކުރަމުން ދަނިކޮށެވެ.
ކިޔުންތެރިންގެ ހިޔާލު