އިދިކޮޅު މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލާއި ކުރީގެ ރައީސް މުހައްމަދު ނަޝީދު އިންޑިއާއަށް ވަޑައިގެންފިއެވެ.
އެނގިފައިވާ ގޮތުގައި ކުރީގެ އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިންޑިއާއަށް ފުރާވަޑައިގަތީ މާލެއިންނެވެ. އަދި ރައީސް ނަޝީދު އިންޑިއާއަށް ވަޑައިގަތީ ބަންގްލަދޭޝްގެ ދާކާގައި އޮތް "ބޭ އޮފް ބެންގާލް ކޮންވަޒޭޝަން 2026" ނިންމެވުމަށްފަހު އެރަށުން ސީދާ އިންޑިއާއަށެވެ.
މި ދަތުރުފުޅުގެ މައިގަނޑު ސަބަބެއް އެމްޑީޕީން ރަސްމީކޮށް ހާމަކޮށްފައި ނުވި ނަމަވެސް، އިންޑިއާ ސަރުކާރުގެ އިސް ބޭފުޅުންނާއެކު ހާއްސަ ބައްދަލުވުންތަކެއް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.
މި ދަތުރުފުޅު މި ކުރައްވަނީ އެމްޑީޕީގެ ފަސްވަނަ ކޮންގްރެސް ނިންމާލިތާ ކުޑަދުވަސްކޮޅެއްގެ ތެރޭގައެވެ. އެ ކޮންގްރެސްގައި ޕާޓީގެ އަސާސީ ގަވާއިދަށް ބޮޑެތި ބަދަލުތަކެއް ގެނެސް، "ބޮޑު ބަދަލު" ސިޔާސަތާއި ލާމަރުކަޒީ ސިޔާސަތު ވަނީ ފާސްކޮށްފައެވެ.
އަސާސީ ގަވާއިދަށް ގެނެވުނު އެންމެ ފާހަގަކޮށްލެވޭ ބަދަލަކީ ޕާޓީގެ ރައީސްގެ މަގާމު އުވާލައި، އެންމެ އިސް ފަރާތަކީ ޗެއާޕާސަން ކަމުގައި ހަމަޖެއްސުމެވެ.
މި ބަދަލުގެ މައިގަނޑު ބޭނުމަކީ ޕާޓީގެ ރައީސް އާއި ޗެއާޕާސަންގެ ދެމެދުގައި ކުރިން ހިންގި ބާރުގެ ނުފޫޒުގެ މައްސަލަތަކާއި ހިޔާލުތަފާތުވުންތައް ނައްތާލުމެވެ.
އެމްޑީޕީގެ އެތެރޭގައި ސިޔާސީ ގޮތުން ގުޅިގެން މަސައްކަތް ކުރައްވާ ނަޝީދާއި ފައްޔާޒް ވަނީ ކުރިއަށް އޮތް 2028 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި އެމްޑީޕީގެ ކެންޑިޑޭޓެއްގެ ގޮތުގައި ފައްޔާޒް ވާދަކުރެއްވުމަށް އެއްބަސްވެވަޑައިގެންފައެވެ.

ކިޔުންތެރިންގެ ހިޔާލު