މާލޭގެ ކަންކަން ނިންމުމަށް މާލޭގެ ރައްޔިތުން ވޯޓުދީގެން ހޮވާފައިވާ ކައުންސިލެއް އޮއްވައި، ސަރުކާރުން އެ ކައުންސިލްގެ ބާރުތަކާއި ބިންތައް އަތުލަމުން ދިއުމަކީ އެއްގޮތަކަށްވެސް ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް އިދިކޮޅު އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް އިސްމާއީލް ވިދާޅުވެއްޖެއެވެ.
ފައްޔާޒް މިހެން ވިދާޅުވީ، މާލެއާއި ވިލިމާލޭގެ އާބާދީއަށް ބޭނުންވާ އުމްރާނީ ތަރައްގީގެ މަޝްރޫއުތައް ހިންގުމަށާއި، އިންފްރާސްޓްރަކްޗާގެ ހިދުމަތްތައް ފުޅާކޮށް ތަރައްގީކޮށް ބެލެހެއްޓުމަށްޓަކައި ކަމަށް ބުނެ، މާލެ ސިޓީ ކައުންސިލްގެ އިހްތިސާސްގެ ދަށުގައި އޮތް 14 ބިމެއް ދައުލަތުގެ ބެލުމުގެ ދަށަށް ގެންދިއުމަށް ސަރުކާރުން ނިންމުމާ ގުޅިގެންނެވެ.
މިކަމާ ގުޅިގެން ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވަމުން ފައްޔާޒް ވިދާޅުވީ، މި ސަރުކާރުން ވެރިކަމަށް އައިސް ފަހަރަކު ބާރެއް އަތުލައްވަމުން ގޮސް މިއަދު އެ އަތުލީ ވެރިރަށުގައި ހުރި ހުރިހާ ބިމެއް ކަމަށެވެ. އަދި ވެރިކަންކުރާ ޕީއެންސީން އަބަދުވެސް ބޭނުންވަނީ ރައްޔިތުން އަޅުވެތިކޮށް، ސަރުކާރުގެ ކުރިމަތީގައި ސަލާން ޖަހަން ޖެހޭ ހާލަތަކަށް ކަންކަން ގެންދިއުމަށް ކަމަށްވެސް އޭނާ ތުހުމަތު ކުރެއްވިއެވެ.
ހަމައެއާއެކު ފައްޔާޒް ވިދާޅުވީ، ރާއްޖޭގެ ތަރައްގީ ސީދާ ގުޅިފައިވަނީ ރައްޔިތުންނަށް ބާރުތައް ދޫކޮށްލުމާ ކަމަށެވެ. އަދި ލާމަރުކަޒީ ނިޒާމުގެ ތެރެއިން ރައްޔިތުންނަށް ބާރުތައް ދިނުމުގެ މަސައްކަތް ކުރާނީ އެމްޑީޕީން ކަމަށް ފައްޔާޒް ވިދާޅުވިއެވެ.
މީގެއިތުރުން، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒަކީ ލާމަރުކަޒީ ނިޒާމުގެ ޗެމްޕިއަނެއް ނޫން ކަމަށާއި، އެއީ އެ ނިޒާމުގެ އެންމެ ބޮޑު ދުޝްމަނު ކަމުގައި ފައްޔާޒް ސިފަކުރެއްވިއެވެ. އެގޮތުން، ކުރިން ހައުސިން މިނިސްޓަރަކަށް ހުންނަވައިގެން ސިޓީ ކައުންސިލަށް ހެއްދެވި ގޮތުންނާއި، މާލޭގެ މޭޔަރަކަށް ހުންނެވި ދުވަސްވަރު ހުރިހާ ބާރެއް އަމިއްލަފުޅަށް ބޭނުންފުޅުވެގެން އުޅުއްވި ގޮތުން އެކަން ވަރަށް ސާފުވާނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
މާލެ ސިޓީ ކައުންސިލްގެ ބެލުމުގެ ދަށުގައި ހުރި 14 ބިމެއް ސަރުކާރަށް ނެގުމާ ގުޅިގެން މިނިސްޓްރީ އޮފް ހައުސިން، ލޭންޑް އެންޑް އާބަން ޑިވެލޮޕްމަންޓުން ބުނެފައިވަނީ، މި ބިންތަކުގައި ހިންގާ މަޝްރޫއުތަކާ ގުޅޭގޮތުން އެއްވެސް ހިޔާލެއް ނުވަތަ ޝަކުވާއެއް އޮތް ފަރާތެއް ވާނަމަ، އެކަމަށްޓަކައި އިއުލާންކުރި ދުވަހުން ފެށިގެން 14 ދުވަހުގެ މުއްދަތެއް ދީފައިވާ ކަމަށެވެ. އަދި އެފަދަ ހިޔާލުތައް ލިޔުމުން އެ މިނިސްޓްރީއަށް ހުށަހެޅުމަށްވެސް ވަނީ އެދިފައެވެ.

ކިޔުންތެރިންގެ ހިޔާލު