ހުޅުމާލެ ފޭސް 2 ގައި ހާއްސަ މެޑިކަލް ކޭމްޕެއް ބާއްވަން ތައްޔާރުވެއްޖެއެވެ.
މި ކޭމްޕަކީ ހުޅުމާލޭ ކޮމިއުނިޓީ އެލަޔަންސްގެ ފަރާތުން ސިއްހީ ފަރުވާދޭ އެކި ކްލިނިކްތަކާއި ހޮސްޕިޓަލްތަކާއި ގުޅިގެން ބާއްވާ ކޭމްޕެކެވެ. މި ކޭމްޕުގައި ބައިވެރިވުމުގެ ފުރުސަތު ސިއްހީ ފަރުވާދޭ ތަންތަނަށް މިހާރުވަނީ ހުޅުވާލާފައެވެ.
ފޭސް 2 ގައި ބާއްވާ މި ކޭމްޕު ބޭއްވުމަށް ތައްޔާރުވަމުން އަންނަނީ އަންނަ އޯގަސްޓް މަހުގެ 30 ވަނަ ދުވަހުއެވެ.
މި ކޭމްޕާ ގުޅޭ ގޮތުން ދައުލަތުގެ މީޑިއާއަށް މައުލޫމާތު ދެމުން ހުޅުމާލޭ ކޮމިއުނިޓީ އެލަޔަންސް އިން ބުނީ މެޑިކަލް ކޭމްޕްގައި ބައިވެރިވުމުގެ ފުރުސަތު މިމަހުގެ 15 ވަނަ ދުވަހާއި ހަމައަށް އޮންނާނެ ކަމަށެވެ.
އަދި މިހާތަނަށްވެސް ގިނަ އަދަދެއްގެ ކްލިނިކްތަކަކުން މެޑިކަލް ކޭމްޕްގައި ބައިވެރިވެފައިވާކަން އެ ޖަމިއްޔާއިން ފާހަގަކޮށްފައި ވެއެވެ. އޭގެ ތެރޭގައި އައިޖީއެމްއެޗް، ސެނެހިޔާ ހޮސްޕިޓަލް އަދި ހުޅުމާލޭ ހޮސްޕިޓަލް ހިމެނޭ ކަމަށް އެ ޖަމިއްޔާއިން ބުނެފައި ވެއެވެ.
މިއީ އެކި ސްޕެޝޭލިޓީގެ ޑޮކްޓަރުންނާއި ބައްދަލުވެ ސިއްހަތާއި ގުޅޭ ގިނަ މައުލޫމާތު ލިބި ޗެކަޕް ހަދާލުމަށް ލިބޭ ފުރުސަތަކަށް ވެގެން ދާނެ ކަމަށް ހުޅުމާލެ ކޮމިއުނިޓީ އެލަޔަންސް އިން ވަނީ ފާހަގަ ކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު