ހައި ކޯޓު،
ހައި ކޯޓު،
ހައިކޯޓުގައި ހުސްވެފައިވާ 2 ފަނޑިޔާރުންގެ މަގާމަށް ކުރިމަތިލާން ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ހުޅުވާލައިފިއެވެ.

ހައި ކޯޓުގެ ދެ ފަނޑިޔާރުންގެ މަގާމު ހުސްވެފައިވަނީ އެ ކޯޓުން ދެ ފަނޑިޔާރަކު ސުޕްރީމް ކޯޓަށް އައްޔަނު ކުރުމުންނެވެ.

އެގޮތުން ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ މަގާމަށް އައްޔަނުކޮށްފައިވަނީ ހައި ކޯޓުގެ ފަނޑިޔާރު ހުސެއިން ޝަހީދާއި، ހައިކޯޓުގެ ފަނޑިޔާރު މުހައްމަދު ސަލީމެވެ.

އެހެންވެ ހުސްވެފައިވާ މަގާމުތަކަށް ފަނޑިޔާރުން އައްޔަނު ކުރުމަށް ޖޭއެސްސީން މިއަދު ހުޅުވާލާފައިވާއިރު، ދެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލީ އަންނަ ބުދަ ދުވަހުގެ މެންދުރު 12:00ގެ ނިޔަލަށެވެ.

ހައި ކޯޓުގެ ފަނޑިޔާރު ކަމަށް ކުރިމަތިލެވޭނީ އުމުރުން 25 އަހަރު ފުރިފައިވާ، އަދި އިސްލާމީ ޝަރީއާ، ނުވަތަ ގާނޫނުގެ ރޮނގުން ފުރަތަމަ ޑިގްރީ ހާސިލުކޮށްފައިވާ ފަރާތަކަށެވެ.

އަދި ފަނޑިޔާރު ކަމުގައި ނުވަތަ ގާނޫނީ ވަކީލު ކަން ކުރުމުގައި ނުވަތަ މި ދެ ކަމުގައި މަދުވެގެން ފަސް އަހަރު ދުވަހުގެ ތަޖުރިބާވެސް ލިބިފައިވާ ފަރާތަކަށް ވާން ޖެހޭނެއެވެ.



ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް