އަދުގެ ދުނިޔެއަށް ބަލާއިރު ތަފާތު އެކިކަހަލަ ނަފްސާނީ މައްސަލަތައް ތަހައްމަލު ކުރަމުންދާ މީހުން އަޅުގަނޑުމެންގެ ތެރޭގައި ވަރަށް ގިނައެވެ. ނަފްސާނީ ބައެއް ބަލިތަކަށް ފަރުވާ ދިނުމުގައި އެންމެ މުހިންމު ދައުރެއް އަދާކުރާ އެކައްޗަކީ އެންޓި ޑިޕްރެސެންޓްސް އެވެ. އެންޓި ޑިޕްރެސެންޓްސް އަކީ ޑިޕްރެޝަން، ހާސްކަން، އަދި އެހެނިހެން ނަފްސާނީ ބަލިތަކަށް ފަރުވާ ކުރުމަށް ބޭނުންކުރާ ބޭސްތަކެކެވެ. މި ބޭސްތައް ބޭނުން ކުރުމުން މީހާ ހިތްހަމަޖެހި، މޫޑަށް ރަނގަޅު ބަދަލުތަކެއް އާދެއެވެ.
އެންޓި ޑިޕްރެސެންޓްސް ހުއްޓާލުމަކީ ޑޮކްޓަރެއްގެ ބެލެމުގެ ދަށުން ވަރަށް މަޑުމަޑުން ކުރަންޖެހޭ ކަމެކެވެ. އެހެންނޫންނަމަ އޭގެ ސަބަބުން މީހާއަށް ބައެއްކަހަލަ މައްސަލަތައް ދިމާވުމަކީ އެކަށީގެންވާ ކަމެކެވެ. ތިރީގައި މި ހިމަނާލަނީ އެފަދަ ބައެއް މައްސަލަތަކެވެ.
ވިތުޑްރޯވަލް ސިމްޕްޓަމް
އެންޓި ޑިޕްރެސެންޓްސް ކުއްލިއަކަށް ހުއްޓާލުމުން ދިމާވާ އެންމެ އާންމު އެއް މައްސަލައަކީ "ވިތުޑްރޯވަލް ސިންޑްރޯމް" ނުވަތަ ބޭސް ހުއްޓާލުމުން ދިމާވާ ސިއްހީ އަދި ނަފްސާނީ އަލާމާތްތަކެވެ. މި އަލާމާތްތައް ފެންނަނީ ހަށިގަނޑު ބޭސް ނުލިބުމުން އޭގެ ނަތީޖާއެއްގެ ގޮތުން ރިއެކްޓް ކުރާގޮތުންނެވެ. އެގޮތުން ފެންނަ ބައެއް އަލާމާތްތަކުގެ ތެރޭގައި ހުން އަންނަހެން ހީވުމާއި، ބޮލުގައި ރިއްސުމާއި، ގައިގައި ރިއްސުމާއި، ހަޖަމުގެ މައްސަލަތަކުގެ އިތުރުން ނިދީގެ މައްސަލަތައް ދިމާވުން ހިމެނެއެވެ.
ޑިޕްރެޝަން ގޯސްވުން
އެންޓި ޑިޕްރެސެންޓްސް ކުއްލިއަކަށް ހުއްޓާލުމުން ދިމާވާ އެންމެ ނުރައްކާތެރި އެއް މައްސަލައަކީ ޑިޕްރެޝަން އަލުން ގޯސްވުން ނުވަތަ ކުރިއަށްވުރެ ބޮޑަށް ޑިޕްރެޝަންގެ އަލާމާތްތައް ފެނިގެންދިއުމެވެ. މިކަން ދިމާވަނީ ބޭސް ގިނި ދުވަހު ނުބޭނުންކޮށް ހުއްޓާލުމުން ނުވަތަ އެކަމަށް ތައްޔާރު ނުވެ ކުއްލިއަކަށް ހުއްޓާލުމުންނެވެ. އެހެންވެ، ބޭސް ބޭނުންކުރަން ފެށުމުގެ ކުރިން ފެނުނު ޑިޕްރެޝަންގެ އަލާމާތްތައް އަލުން ފެނި، ބައެއް ފަހަރު ކުރިއަށްވުރެ ގޯސްވެ، މީހާގެ ދިރިއުޅުމަށް ބޮޑެތި އަސަރުތައް ކޮށްފާނެއެވެ. މިކަމުގެ ސަބަބުން މީހާ މާޔޫސްވެ، ނަފްސާނީ ގޮތުން އިތުރަށް ބަލިކަށިވެއެވެ.
ނަފްސާނީ ގޮތުން އެއަަށް ބަރޯސާވުން
ދިގު މުއްދަތަކަށް އެންޓި ޑިޕްރެސެންޓު ބޭނުން ކޮށްފައިވާ މީހުންނަށް އެއަށް މާ ބޮޑަށް ބަރޯސާ ކުރެވެން ފަށައެވެ. އަދި ބޭނުންނުކޮށް ހުރުމުން އަލުން ބައްޔަށް ޖެހިދާނެ ކަމުގެ ނަފްސާނީ ބިރުވެރިކަމެއް އެމީހުންނަށް އިހުސާސް ކުރެވެއެވެ. މިކަން ދިމާވަނީ ބޭހުގެ ސަބަބުން ހާލަތު ރަނގަޅުވުމަށްފަހު، ބޭސް ހުއްޓާލުމުން ކުރިން ދިމާވި މައްސަލަތައް އަނބުރާ އަތުވެދާނެ ކަމަށް ހީވާތީއެވެ. މިފަދަ ނަފްސާނީ ބަރޯސާވުމުގެ ސަބަބުން ބޭސް ހުއްޓާލަން ދަތިވެ، މީހާގެ ދިރިއުޅުމުގައި ނުތަނަވަސްކަން އުފެދެއެވެ. އަދި ބަކި އެނބުރި އައިސްދާނެ ކަމުގެ ބިރު ހީވާތީ ބޭސް ހުއްޓާލަން ޖެހިލުންވެސް ވެއެވެ.

ކިޔުންތެރިންގެ ހިޔާލު