ޣައްޒާގެ ކޮންޓްރޯލާއެކު ހަތިޔާރުތައް ހަމާސްއިން ދޫކޮށްފިނަމަ ހަނގުރާމަ ހުއްޓާލަން އެއްބަސްވާން ތައްޔާރުކަމަށް އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ވިދާޅުވެއްޖެއެވެ.
ބުރާސްފަތި ދުވަހު މިކަމާބެހޭގޮތުން ވާހަކަދައްކަވަމުން އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ވިދާޅުވީ ހަނގުރާމަ ހުއްޓާލުމާ ބެހޭގޮތުން ނެގޯޝިއޭޓް ކުރުމުގެ މަޝްވަރާތަކަށް ހަމާސްއިން އެއްބާރުލުން ދޭނަމަ ހަނގުރާމަ ހުއްޓާލުމާ ދެކޮޅުނުވާނެކަމަށެވެ. އަދި މިކަން މިހެން ވާން އޮތީ ހަމާސްގެ ހަތިޔާރުތައް ދޫކޮށް، ޣައްޒާގެ ކޮންޓްރޯލް ވެސް ދޫކޮށްލުމުންކަމަށެވެ.
"މަޝްވަރާތަކުގެ ތެރެއިން މިކަން ހާސިލް ކުރެވޭނަމަ، މިއީ ރަނގަޅު ކަމެއް،" ނަތަންޔާހޫ ވިދާޅުވި އެވެ. "ނޫން ނަމަ އެކަން ހާސިލް ކުރާނީ ބާރުގެ ބޭނުންކޮށް.”
ނަތަންޔާހޫ މިހެން ވިދާޅުވެފައި ވަނީ އިސްރާއީލުން ދިން ވައިގެ ހަމަލާތަކުގައި ޣައްޒާގެ ހެލްތު ކްލިނިކެއް ދޮށުގައި މަޑުކޮށްގެން ތިބި ޣައްޒާގެ 66 މީހުން މަރާލިތާ މާގިނައިރެއް ނުވަނީހެވެ. މިހާދިސާގައި 8 ކުޑަ ކުދިން މަރުވެފައިވާއިރު، މަރުވި ކުދިންގެ ތެރޭގައި އަލަށް ވާހަކަ ދައްކަން ފެށިތާ މާގިނައިރެއްނުވާ އެއް އަހަރުގެ ކުޑަކުއްޖަކުވެސް ހިމެނޭކަމަށް ރިޕޯޓުތައް ބުނެއެވެ.
2023 ވަނަ އަހަރުގެ އޮކްޓޯބަރ މަހު ހަމާސް އަދި އިސްރާއީލު ދެމެދު ފެށުނު ހަނގުރާމައިގައި މިހާތަނަށް ޣައްޒާގައި މަރުވި މީހުންގެ އަދަދު 57،700 އަށްވުރެއް މަތިވެފައިވާއިރު، މީގެ ތެރޭގައި ގިނައީ އާންމުންގެ މީހުންގެ ފަލަސްތީނުގެ ސިއްހީ އިދާރާއިން ރިޕޯޓުކޮށްފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު