ހޮނިހިރު ދުވަހު ޣައްޒާގެ އެކި ސަރަހައްދުތަކަށް އިސްރާއީލުން ހަމަލާދީ ޣައްޒާގެ އެތައް ބަޔަކު މަރާލައިފިއެވެ.
ރިޕޯޓުތައް ބުނާގޮތުން ބަޑީގެ ހަމަލާތަކުގެ އިތުރުން އިސްރާއީލުން ދިން ވައިގެ ހަމަލާ ތަކުގައި މިދިޔަ ހޮނިހިރު ދުވަހު ފަލަސްތީނުގެ 59 މީހަކު ވަނީ މަރުވެފައެވެ.
މަރުވި މީހުންގެ ތެރޭގައި، ރަފާހު ކައިރީގައި އޮންނަ ޣައްޒާ ހިއުމަނިޓޭރިއަން ފައުންޑޭޝަން (ޖީއެޗްއެފް)ގެ ޑިސްޓްރިބިއުޝަން ޕޮއިންޓަކަށް ދަތުރުކުރަމުން ދިޔަ 31 މީހަކު ހިމެނެ އެވެ. މިމީހުން މަރާލައިފައިވަނީ ބަޑީގެ ހަމަލާގަ އެވެ. ރެޑްކްރޮސް އިން ބުނީ މިހަމަލާތަކުގައި 100 އަށް ވުރެ ގިނަ ޒަޚަމްވި މީހުންނަށް ފަރުވާދީފައިވާ ކަމަށެވެ.
މީގެއިތުރުން، ދެއިރ އަލްބާލާހް އަދި ޚާން ޔޫނިސް ސަރަހައްދައް ދިން ވައިގެ ހަމަލާތަކުގައި ހަތަރު ކުޑަކުދިން ހިމެނޭ ގޮތަށް 28 މީހުން އިސްރާއީލުން ވަނީ މަރާލާފައެ އެވެ.
އިސްރާއީލުގެ އަސްކަރިއްޔާއިން ބުނީ ޝައްކު ކުރެވޭ ގޮތަށް އަމަލުކުރާ މީހުންނަށް އަމާޒުކޮށް އިންޒާރު ދިނުމުގެ ގޮތުން ބަޑީގެ ހަމަލާ ދިންކަމަށާއި ނަމަވެސް މިހަމަލާތަކުން ބަޔަކަށް ގެއްލުން ލިބުނުކަން އެނގިފައިނުވާކަމަށެވެ.
2023 ވަނައަހަރު އޮކްޓޯބަރު މަހުގެ ހަތް ވަނަ ދުވަހު ހަމާސް އިސްވެ އޮވެ ދިން ހަމަލާއަށްފަހު، އިސްރާއީލުގައި 1200 މީހުން މަރުވެފައިވާއިރު، އިސްރާއީލުން ދިން ހަމަލާތަކުގައި ފަލަސްތީނުގެ 57،800 އަށް ވުރެ ގިނަ މީހުން މަރުވެފައިވާ ކަމަށް ޣައްޒާގެ ހެލްތު މިނިސްޓްރީން ބުނެއެވެ.

ކިޔުންތެރިންގެ ހިޔާލު