ވިޓަމިން އީ އަކީ ހަށިގަނޑަށް ވަރަށް މުހިންމު މާއްދާއެކެވެ. މިއީ ސެލްތައް އޮކްސިޑޭޓިވް ގެއްލުންތަކުން ދިފާޢުކޮށްދޭ އެންޓިއޮކްސިޑެންޓެއްގެ ގޮތުގައި މަސައްކަތްކުރާ ވިޓަމިނެކެވެ. ހަމުގެ ރީތިކަމާއި، އިސްތަށީގެ ދުޅަހެޔޮކަމުގެ އިތުރުން ހަށިގަނޑުގެ އެތެރޭގެ ގިނަ ނިޒާމުތަކުގެ މަސައްކަތްތަކަށް ވެސް ވިޓަމިން އީ ބޭނުންވެއެވެ. މި ވިޓަމިން ހަށިގަނޑަށް ބޭނުންވާ މިންވަރަށް ނުލިބިއްޖެނަމަ، ސިއްހީ ގިނަ މައްސަލަތަކެއް ދިމާވެ، ހަށިގަނޑުގެ މަސައްކަތްތަކަށް ބުރޫއެރުމަކީ އެކަށީގެންވާ ކަމެކެވެ.
ވިޓަމިން އީ މަދުވުމުން ދިމާވެދާނެ އެންމެ ބޮޑު އެއް މައްސަލައަކީ ނާރުތަކުގެ ނިޒާމަށް އަސަރުކުރުމެވެ. ވިޓަމިން އީ އަކީ ނާރުތަކުގެ ސެލްތައް އޮކްސިޑޭޓިވް ގެއްލުންތަކުން ދިފާޢުކޮށްދޭ މުހިއްމު މާއްދާއެކެވެ. މި ވިޓަމިން މަދުވުމުން ނާރުތަކަށް ގެއްލުންވެ، "އެޓެކްސިއާ" ނުވަތަ ހަށިގަނޑުގެ ހަރަކާތްތައް ކޮންޓްރޯލް ކުރުމަށް އުނދަގޫވުން ފަދަ މައްސަލަތައް ދިމާވެއެވެ. އަދި އަތާއި ފައިގެ މަސްތައް ބަލިކަށިވުން ފަދަ މައްސަލަތައް ދިމާވެއެވެ.
ދެން ދިމާވާ އެންމެ ބޮޑު މައްސަލައަކީ މީހާގެ ދިފާއީ ނިޒާމު ބަލިކަށިވުމެވެ. ވިޓަމިން އީ އަކީ ހަށިގަނޑުގެ ދިފާޢީ ނިޒާމު ރަނގަޅަށް މަސައްކަތް ކުރުމަށް އެހީތެރިވެދޭ މާއްދާއެކެވެ. މި ވިޓަމިން މަދުވުމުން ހަށިގަނޑުގެ ދިފާޢީ ނިޒާމުގެ ބާރުދަށްވެ، ބަލިތަކަށް ފަސޭހައިން ހުށަހެޅެއެވެ. މިކަމުގެ ސަބަބުން ރޯގާ، ހުމުގެ ބަލިތައް އަދި އެހެނިހެން ބެކްޓީރިއާ ނުވަތަ ވައިރަސްގެ ސަބަބުން ޖެހޭ ބަލިތަކަށް ހުށަހެޅޭ މިންވަރު އިތުރުވެއެވެ.
ހަށިގަނޑުގެ މަސްތައް ބަލިކަށިވުމަކީވެސް ވިޓަމިން އީ މަދުވާނަމަ ދިމާވާ މައްސަލައެކެވެ. މަސްތަކުގެ ސެލްތަކުގެ ދުޅަހެޔޮކަން ދެމެހެއްޓުމަށާއި، އޮކްސިޑޭޓިވް ގެއްލުންތަކުން ސަލާމަތްކުރުމަށް ވިޓަމިން އީ މުހިއްމު ދައުރެއް އަދާކުރެއެވެ. ވިޓަމިން އީ މަދުވުމުން "މަޔޯޕެތީ" ނުވަތަ މަސްގަނޑު ބަލިވުމުގެ މައްސަލަ ދިމާވެ، މަސްގަނޑުގެ ބާރުދަށްވުން، މަސްގަނޑުގައި ރިހުން އަދި ހަރަކާތްތެރިވުމަށް އުނދަގޫވުން ފަދަ ކަންކަން ކުރިމަތިވެދާނެއެވެ. މިފަދަ ހާލަތެއްގައި މަސްގަނޑުގެ ސެލްތައް ފަސޭހައިން ހަލާކުވެ، އާދައިގެ ހަރަކާތްތައް ކުރުމަށް ވެސް ދަތިވާނެއެވެ.

ކިޔުންތެރިންގެ ހިޔާލު