ވީއައިއޭ ޓަމިނަލް މަސައްކަތަށް ކުރީ ސަރުކާރުން އިތުރުކުރި 300 މިލިއަން ޑޮލަރަކީ ޚިޔާނާތް ކަމަށް ކުރީގެ ރައީސުލްޖުމްހޫރިއްޔާ ޢަބްދުالله ޔާމީން ޢަބްދުލް ޤައްޔޫމް ވިދާޅުވެއްޖެއެވެ.
ރައީސް ޔާމީން މިހެން ވިދާޅުވީ އެމަނިކުފާނުގެ ފޮރަންޓް ޕާޓީ ޖަގަހަ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުންނެވެ. އެގޮތުން ވީއައިއޭގެ ޓާމިނަލްގެ މަސައްކަތުގެ ބޮޑު ކްރެޑިޓެއް ރައީސް ޞާލިޙްގެ ސަރުކާރަށް ޙައްޤުކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ. އަދި ރައީސް ޑރ. މުއިއްޒު ކުރައްވާ މަސައްކަތަށް ބަލާއިރު މަސައްކަތުގެ 10 އިންސައްތަ ކްރެޑިޓްވެސް ނެތްކަމަށް ރައީސް ޔާމީން ވިދާޅުވެފައިވެއެވެ.
ހަމައެއާއެކު ރައީސް ޔާމީން ވިދާޅުވީ، ވީއައިއޭ ޓާމިނަލަކީ ފޮށިގަނޑެއް ކަމަށް ބުނެ ރީތިކުރުމަށް ކުރީ ސަރުކާރުން ކޮށްފައިވާ ސިވިލް އިންޖިނިއަރިން މަސައްކަތަށް ދިޔައީ 28 މިލިއަން ޑޮލަރު ކަމަށެވެ. ނަމަވެސް އެ މަޝްރޫޢަށް ރައީސް ޞާލިޙްގެ ސަރުކާރުން ވޭރިއޭޝަންގެ ގޮތުގައި އިތުރުކުރި 300 މިލިއަން ޑޮލަރަކީ ޚިޔާނާތް ކަމަށް ރައީސް ޔާމީން ތުހުމަތު ކުރަށްވާފައިވެއެވެ.
“މިތަނަށް ދިޔައީ 28 މިލިއަން ޑޮލަރު، އެކަމަކު ރައްޔިތުންގެ މަޖިލިސް އިންތިޚާބު ކައިރިވެފައި އޮތީމާ އެ ފަހަރު ރައްޔިތުންގެ މަޖިލިސް އިންތިޚާބު ނަގަންވެގެން އިބްރާހީމް މުހައްމަދު ޞާލިޙްމެން ޕްރޮޖެކްޓުގެ ވޭރިއޭޝަނެކޭ ކިޔާފައި 300 މިލިއަން ޑޮލަރު ޕްރޮޖެކްޓުގެ އަގަށް އިތުރުކުރީ.” ރައީސް ޔާމީން ވިދާޅުވެފައިވެއެވެ.
އަދި އެ 300 މިލިއަން ޑޮލަރު ބޭނުންކުރީ 2019 ވަނަ އަހަރު ބޭއްވި ރައްޔިތުންގެ މަޖިލީސް އިންތިޚާބު އެމްޑީޕީއަށް ކާމިޔާބުކުރަން ކަމަށް ވެސް ރައީސް ޔާމީން ވަނީ ތުހުމަތު ކުރަށްވާފައެވެ.
އޭގެ އިތުރުން ރައީސް ޔާމީން ވިދާޅުވީ އެމަނިކުފާނުގެ ވެރިކަމުގައި އާ ޓާމިނަލްގެ މަސައްކަތް އެކަށީގެންވާ ސްޕީޑްގައި ކުރިޔަށް ގޮސްފައިނުވަނީ، ސައުދީ ފަންޑާއި، ބިން ލާދިން ގްރޫޕާ ދެމެދު ބައެއް ކަންކަމަށް އެއްބަސްނުވެވި ހުރުމުން ކަމަށެވެ.
ރައީސް ޔާމީން މިހެން ވިދާޅުވެފައިވާއިރު، ވީއައިއޭގެ އައު ޓަރމިނަލް ހުޅުވުމަށް ހަމަޖެހިފައިވަނީ މިއަހަރުގެ ޖުލައި 26 ގައެވެ. އެ މަސައްކަތް އެންމެ ފުރަތަމަ ފެށީ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައެވެ.
ވީއައިއޭގެ އާ ޓާމިނަލް ތަރައްގީ ކޮށްފައިވަނީ އަހަރަކު 7.5 މިލިއަން ފަސެންޖަރުންނަށް ހިދުމަތް ދެވޭ ގޮތަށެވެ. އެއީ ދުވާލަކު 8000 ފަސެންޖަރުންގެ ނިސްބަތުންނެވެ. އޭގެއިތުރުން އައު ޓާމިނަލުން އަހަރެއްގެ މައްޗަށް 120،000 ޓަނު ކާގޯ ޕްރޮސެސް ކުރެވޭނެ ކަމަށް އެމްއޭސީއޭލުން މަޢުލޫމާތުދެއެވެ.
ހަމައެއާއެކު، އާ ޓާމިނަލްގައި އެއިރޯ ބޯޑިން ބްރިޖްތަކާއި، އެންމެ ފަހުގެ ޒަމާނީ އޮޓަމޭޓެޑް ބެގޭޖު ހެންޑްލިން ހިމެނޭއިރު ސެލްފް ސާވިސް ޗެކިން ކައުންޓަރުތައްވެސް ވަނީ ގާއިމު ކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު