ރާއްޖޭގެ ފުރަތަމަ އެނިމަލް ޝެލްޓަރ ނުވަތަ "އޮޅުހިޔާ" ގެ ޝެލްޓަރ ބައި ހިންގާނެ ފަރާތެއް ހޯދުމަށް އިއުލާންކޮށްފިއެވެ.
މި ފެސިލިޓީއަކީ އެނިމަލް ވެލްފެއާ މިނިސްޓްރީން މާލެސިޓީ ކައުންސިލާ ޙަވާލުކޮށްގެން ގާއިމްކޮށްފައިވާ ފެސިލިޓީއެކެވެ. މިއީ މާލެ ސަރަހައްދުގެ މަގުތަކުގައި އުޅޭ ބުޅާތައް ބަލަހައްޓަން ހެދި ފެސިލިޓީއެކެވެ.
އެނިމަލް ވެލްފެއާ މިނިސްޓްރީއާ ގުޅިގެން "އޮޅުހިޔާ" ގެ ޝެލްޓަރު ބަލަހައްޓާނެ ފަރާތެއް ހޯދުމަށް މީގެ ކުރިންވެސް އިއުލާން ކުރިއެވެ. ނަމަވެސް މިހާރު އެ އިޢުލާން ބާޠިލްކުރުމަށްފަހު އަލުން މިވަނީ ޢިޢުލާންކޮށްފައެވެ.
މިނިސްޓްރީން ބުނީ ހުޅުމާލޭ ފޭސް 2 ގައި އެ ވުޒާރާއިން ގާއިމުކޮށްފައިވާ އޮޅުހިޔާގެ ޝެލްޓަރ ބައި 1 އަހަރު ދުވަހަށް، އެ ވުޒާރާއާ ގުޅިގެން ހިންގާނެ ފަރާތެއް ހޯދުމަށް ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލާކަމަށެވެ.
މާލެ ސަރަހައްދުގެ މަގުތަކުގައި އުޅޭ ބުޅާތައް ބަލަހައްޓަން ހެދި "އޮޅުހިޔާ" ގައި ބުޅާތައް ކަރަންޓީނު ކުރާނެ ސަރަހައްދަކާއި ކްލިނިކަކާއި ލެބޯޓްރީއެއްގެ އިތުރުން ބުޅާތަކަށް ދޭންޖެހޭ ބޭސްތައް ހުންނަ ފާމަސީއަކާއި އެ ބުޅާތައް އުޅޭނެ ސަރަހައްދެއްވެސް ހަދާފައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު