ކުރީ ސަރުކާރުތަކަށް ނިންމުނީ ޓާމިނަލްގެ 54 އިންސައްތަ ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވި ނަމަވެސް އެއީ ޙަޤީޤަތް ނޫން ކަމަށް ކުރީގެ މާލީ ވަޒީރު އިބްރާހިމް އަމީރު ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ އަޑު ޕޮޑްކާސްޓްގައި މިއަދު ވާހަކަފުޅު ދައްކަވަމުން ރައީސް މުޢިއްޒު ވިދާޅުވީ، މި ސަރުކާރުން ވެރިކަމާ ޙަވާލުވީއިރު ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓްގެ އައު ފަސިންޖަރ ޓަރމިނަލްގައި ނިމިފައި އޮތީ 54 އިންސައްތަ ކަމަށާއި، ޓާމިނަލްގެ އެންމެ މުހިންމު ދެ މަސައްކަތް އޮތީ ބަޔަކާއި ހަވާލުނުކޮށް ކަމަށެވެ.
އެގޮތުން ޓަރމިނަލްގެ ޑިއުޓީ ފްރީ އާއި، ޓާމިނަލަށް ދާން އޮންނަމަގު ހެދުމަށް ބަޔަކަށް ޙަވާލުކުރީ މިސަރުކާރުން ކަމަށް ރައީސް ވިދާޅުވިއެވެ.
“ހަމަ ސިމެންތި ފިނިޝިންއެއްގައި މަތިވެސް އަރިމަތިވެސް ހުރިހައި ތަނެއްވެސް ހަމަ ދޫކޮށްލާގޮތައް އޮތީ. އެއްވެސްކަމެއް ނެތް އެތާ ހަވާލުކޮށްފައެއް.” ރައީސް ވިދާޅުވިއެވެ.
ރައީސް މިހެން ވިދާޅުވި ނަމަވެސް ކުރީގެ މާލީ ވަޒީރު އިބްރާހިމް އަމީރު ވަނީ ޓާމިނަލްގެ މަޝްރޫޢާ ގުޅޭގޮތުން ރައީސް މުޢިއްޒު އިތުރުފުޅު ހައްދަވާ ކަމަށް ތުހުމަތު ކުރަށްވާފައެވެ. އެގޮތުން އަމީރު ވިދާޅުވީ ވެރިކަން ބަދަލުވީއިރު ޓާމިނަލްގެ ބެގެޖް ހެންޑްލިންގ ފިޔަވާ އެހެން ހުރިހާ މަސައްކަތެއްގެ ބޮޑު ބައި ވަނީ ނިމިފައި ކަމަށެވެ.
އަދި ބެގެޖް ހެންޑްލިން މަސައްކަތް ވެސް ކުރީ ސަރުކާރުން އޮތީ ބަޔަކާ ހަވާލުކޮށްފައި ކަމަށާއި، ހުރިހާ މަސައްކަތެއްގެ 71 އިންސައްތަ ވެރިކަން ބަދަލުވިއިރު ވަނީ ނިމިފައި ކަމަށް އަމީރު ވިދާޅުވެފައިވެއެވެ.
“ވެރިކަން ބަދަލުވެގެން އައިއިރުވެސް ޓައިމްލައިން އޮތް ގޮތަށް މިހާރުވެސް ތި ނިމިގެން ދަނީ. ދެން މަނިކުފާނު އައިސް ހަވާލުކޮށްގެން އަވަސްކުރަން ޖެހުނީ ކޮންކަމެއް.” އަމީރު ވިދާޅުވިއެވެ.
އަމީރު މިހެން ވިދާޅުވެފައިވާއިރު ވީއައިއޭގެ އައު ފަސިންޖަރ ޓަރމިނަލް ހުޅުވުމަށް ހަމަޖެހިފައިވަނީ މިމަހުގެ 26 ވަނަ ދުވަހު ރާއްޖޭގެ މިނިވަންކަމަށް 60 އަހަރު ފުރޭ މުނާސަބަތާއި ގުޅުވައިގެންނެވެ.

ކިޔުންތެރިންގެ ހިޔާލު