މުލު ވަގުންނަށް ރިޔާސީ އިންތިޚާބުގައި ވާދަކުރަން ފުރުސަތު އޮވެގެން ނުވާނެ ކަމަށް ވިދާޅުވެ ރައްޔިތުންގެ މަޖިލީހުގެ އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހީމް ފަލާޙް ކުރީގެ ރައީސް ޔާމީނަށް ފާޑު ވިދާޅުވެއްޖެއެވެ.
ފަލާޙް މިމޭރުމުން ރައީސް ޔާމީނަށް ރައްދު ދެއްވާފައިވަނީ، ރާއްޖޭގައި މިހާރު ތިއްބެވި ސިޔާސީ ލީޑަރުން ބޭނުންވަނީ އެމަނިކުފާނު ޖަލުގައި ބާއްވައިގެން ރިޔާސީ އިންތިހާބު ބޭއްވުމަށް ކަމަށް ރައީސް ޔާމީން ވިދާޅުވުމާ ގުޅިގެންނެވެ.
އެގޮތުން ރައީސް ޔާމީން ވިދާޅުވީ 2018ގެ އިންތިޚާބު އެމަނިކުފާނަށް ނާކާމިޔާބުވީ އިންޑިއާ މެދުވެރިވެގެން އިންތިޚާބު ވަގަށް ނެގުމުން ކަމަށާއި، 2023 ގައި ރައީސް ޑރ. މުހައްމަދު މުއިއްޒަށް ވެރިކަން ލިބުނީ އެމަނިކުފާނު ޖަލުގައި އޮތުމުން ކަމަށެވެ.
“ކީއްވެގެންތޯއޭ މިނިވަން އިންތިހާބެއްގައި އަޅުގަނޑާ ވާދަ ކުރަން ނުކެރިގެން މިއުޅެނީ.” ރައީސް ޔާމީން ވިދާޅުވިއެވެ.
ރައީސް ޔާމީންގެ މިވާހަކަތަކަށް ރައްދު ދެއްވަމުން ފަލާޙް ވިދާޅުވީ، މިނިވަން އިންތިހާބެއްގައި “މުލު ވަގުންނަށް” ވާދަކުރަން ފުރުސަތު ލިބޭނަމަ އިންތިހާބު މިނިވަން ނުވާނެ ކަމަށެވެ.
މުލު ވަގުންނަށް ރިޔާސީ އިންތިޚާބުގައި ވާދަކުރަން ފުރުސަތު އޮވެގެން ނުވާނެ ކަމަށް ފަލާޙް ވިދާޅުވެފައިވާއިރު، 2028 ގައި ބާއްވާ ރިޔާސީ އިންތިހާބުގައި ވާދަ ކުރެއްވުމުގެ ވިސްނުން ގެންގުޅުއްވާ ކަމަށް ރައީސް ޔާމީން ވަނީ ވިދާޅުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު