އެމްޑީޕީގެ ޖަލްސާގައި ޤުރުއާން ކިޔެވުމުން އެޗްޑީސީގެ ވަޒީފާއިން ވަކިކުރި މީހަކަށް ޢަދުލުވެރި ބަދަލު ދިނުމަށް ވަޒީފާއާއި ބެހޭ ޓްރައިބިއުނަލުން އަމުރުކޮށްފިއެވެ.
ވަޒީފާއާއި ބެހޭ ޓްރައިބިއުނަލުން މިމައްސަލާގައި ނިންމާފައިވަނީ، އެމްޑީޕީން މިމަހުގެ 4 ވަނަ ދުވަހު ބޭއްވި ހަރުގެ ޖަލްސާގައި ގުރުއާން ކިޔެވި އެޗްޑީސީގެ މުވައްޒަފެއް ކަމަށްވާ ދ. ކުޑަހުވަދޫ، އަޙުމަދު ޝާއިން ވަޒީފާއިން ކަނޑާލީ ގޯސްކޮށް ކަމަށެވެ.
އެގޮތުން އަޙުމަދު ޝާއިން އެޗްޑީސީގެ ވަޒީފާއިން ވަކިކުރުމުގައި ގާއިމުކުރަންޖެހޭ އިޖުރާއީ އަދުލުވެރިކަން ގާއިމުކޮށްފައި ނުވާތީ، އޭނާ ވަޒީފާއިން ވަކިކުރި ކުރުމަކީ ގާނޫނާ ހިލާފަށް ވަޒީފާއިން ވަކިކުރި ކުރުމެއް ކަމަށް ކަނޑައަޅާ ކަމަށް އެ ނިންމުމުގައިވެއެވެ.
އެހެންކަމުން ވަޒީފާއާ ބެހޭ ގާނޫނުގެ ދަށުން ޓްރައިބިއުނަލަށް ލިބޭ ބާރުގެ ދަށުން، އޭނާއަށް މުސާރައިގެ ގޮތުގައި ލިބެމުންދިޔަ 6،800 ރުފިޔާގެ ނިސްބަތުން ދެ މަހަށްވާ 13،600 ރުފިޔާ އަޙުމަދު ޝާއިނަށް އަދުލުވެރި ބަދަލެއްގެ ގޮތުގައި ނަގައިދިނުމަށް ޓްރައިބިއުނަލުން ކަނޑައަޅާފައިވެއެވެ.
އަދި އެފައިސާ މިއަދުން ފެށިގެން ރަސްމީ 15 ދުވަހުގެ ތެރޭގައި އަޙުމަދު ޝާއިނަށް އެކީ އެއްފަހަރާ ދިނުމަށް ވެސް އެޗްޑީސީގެ މައްޗަށް ޓްރައިބިއުނަލްގެ ކުރި ހުކުމުގައި އަމުރުކޮށްފައި ވެއެވެ.
އޭގެއިތުރުން ޝާއިން ވަޒިފާއިން ވަކިކުރީ ވަޒީފާއާބެހޭ ގާނޫނުގެ 23 ވަނަ މާއްދާގައި ބަޔާންކޮށްފައިވާފަދަ ހާލަތެއް މެދުވެރިވެ، އެކަށީގެންވާ ސަބަބެއް އޮވެގެން ކަމަށްވާތީ، އޭނާ ވަޒީފާއިން ވަކިކުރުމުގައި ގާއިމުކުރަންޖެހޭ މައުލޫއީ އަދުލުވެރިކަން ގާއިމުވެފައިވާ ކަމަށް ޓްރައިބިއުނަލުން ވަނީ ކަނޑައަޅާފައެވެ.

ކިޔުންތެރިންގެ ހިޔާލު